ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިތުރު 4 މީހަކު ފައްސިވެ، ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު 249 އަށް!

އިތުރު 4 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނޭޝަަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިތުރު ހަތަރު މީހަކު މިރޭ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

މިއާއި އެކު ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 249 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ރަނގަޅުވެފައިވާއިރު، ކަރަންޓީނުގައި 1210 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 213 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތު ދީފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top