އިތުރު 45 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިތުރު 45 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 20 މީހުންނާއި، ބަންގްލަދޭޝްގެ 22 މީހުންނާއި، ނޭޕާލްގެ 2 މީހުންނާއި އިންޑިއާގެ މީހެކެވެ.
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 835 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 29 މީހަކު ރަނގަޅުވެފައި ވާއިރު، 3 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1521 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 719 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
