ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު މައްޗަށް

ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު ހިފެހެއްޓުމެއް ނެތި ދަނީ މައްޗަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދުގެ ވަގުތެއްގައި ކުރި ޓްވީޓެއްގައި ވާގޮތުން ކޮވިޑް-19 އަށް އިތުރު 27 މީހުން ވަނީ  ފައްސިވެފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 9 މީހުންނާއި، ބަންގްލަދޭޝް އަށް ނިސްބަތްވާ 18 މީހުންނެވެ.

މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 862 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 288 މީހުންނާއި، ބަންގްލަދޭޝްގެ 478 މީހުންނާއި، އިންޑިއާގެ 63 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ނޭޕާލްގެ 10 މީހުންނާއި، ސްރީލަންކާގެ 5 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 4 މީހުންނެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 30 މީހަކު ރަނގަޅުވެފައި ވާއިރު، 3 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1521 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 719 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top