ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 104 މީހުން ރަނގަޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުގެ ނިޔަލަށް ރާއްޖޭގައި 1216 މީހުންނަށް މިބަލި ޖެހިފައިވާއިރު، 104 މީހުން މިހާރު އެބަލިން ރަނގަޅުވެފައިވާކަމަށެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ 4 މީހަކު މަރުވެފައެވެ. އަދި މިއަދު އެކަނިވެސް 30 މީހަކަށް އެބަލި ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. ކޮވިޑް-19 އަށް މިއަދު ފައްސިވެފައި ވަނީ 14 ދިވެހިންނާއި، ބަންގްލަދޭޝްގެ 10 މީހުންނާއި އަދި އިންޑިއާގެ 6 މީހުންނެވެ. ރާއްޖޭގައި މިވަގުތުވެސް ކޮވިޑް-19 އަށް ފައްސިވި 1106 މީހަކަށް ފަރުވާދެމުން އެބަދެއެވެ.
ކިޔުންތެރިންގެ ޚިޔާލު
