މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
އެ އިދާރާ އިން އެންމެ ފަހުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު 5:30 އިން ފެށިގެން 9:00 އަށް ރީނދޫ ސަމާލު ނެރެފައެވެ.
މިގޮތުން މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ ސަމާލުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލު
