ކޮވިޑް-19 އާއި ގުޅިގެން ހުޅުމާލޭ ގައި ގާއިމުކުރި މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗް ހޮސްޕިޓަލާއި ހަވާލުކޮށްފިއެވެ.
Handover ceremony of Hulhumale medical facility to IGMH . @MNDF_Official @MoHmv pic.twitter.com/EkxHXssk56
— IGMH (@igmhmv) May 24, 2020
މިއަދުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗާ ހަވާލުކޮށްފައި ވާއިރު، ފެސިލިޓީގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކަން ފާހަގަކޮށްލެވެއެވެ.
290 އެނދުގެ މި ފެސިލިޓީ އަކީ ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާދޭން ޚާއްޞަކޮށްފައިވާ ފެސިލިޓީ އެކެވެ. ފެސިލިޓީގެ މަސައްކަތް ނިންމުން ލަސްވެގެން ދިޔައީ އެތަނުގައި މަސައްކަތް ކުރި ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ޚިޔާލު
