ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ މޯހިތު ސޫރީ، މި ހިނގާ 2020 ވަނަ އަހަރު ގެނެސްދިން ”މަލަންގު“ ގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފިއެވެ.
މޯހިތުގެ އޭނަގެ ލެޕްޓޮޕުން ހުޅުވާފައިވާ މައިކްރޮސޮފްޓު ވޯޑްގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނެފައިވަނީ އެއީ މަލަންގު 2 ގެ ފުރަތަމަ ޑްރާފްޓް ކަމަށެވެ.
”މޮޅު ފިލްމެއް އުފައްދަން ބޭނުންވަނީ 3 ކަމެއް. އެއީ ސްކްރިޕްޓް، ސްކްރިޕްޓް އަދި ސްކްރިޕްޓް.“
ފުރަތަމަ ޑްރާފްޓުގެ ފޮޓޯ ހިއްސާކުރަމުން ބުނެފައިވެއެވެ. އެ ޕޯސްޓަށް ކޮށްފައިވާ ކޮމެންޓުތަކަށް ބަލާއިރު ބެލުންތެރިން ތިބީ އެ ފިލްމު އަންނާނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.
”މަލަންގު“ އަކީ ރޮމޭންޓިކް ތުރިލާއެކެވެ. މަލަންގުގެ ދެވަނަ ބައިގައި ހަރަކާތްތެރިވާނެ ތަރިން އަދި އިޢުލާނެއް ނުކުރެއެވެ. ފުރަތަމަ ބައިގައި ހަރަކާތްތެރިވެފައިވަނީ އަދިތުޔާ ރޯއީ ކަޕޫރް، ޑިޝާ ޕަޓާނީ، އަނީލް ކަޕޫރް އަދި ކުނާލް ކޭމޫއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




