ސަލްމާން ޚާންގެ “ރާދޭ: ޔުއާ މޯސްޓް ވޯންޓެޑް ބާއީ” އަކީ މި އަހަރު އެންމެ އިންތިޒާރު ކުރެވޭ ބޮލީވުޑްގެ އެއް ފިލްމެވެ. މި އަހަރު ފިޠުރު ޢީދުގެ މުނާސަބާގައި ރިލީޒްކުރަން ނިންމި ނަމަވެސް ލޮކްޑައުންއާއެކު މި ފިލްމު ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ.
އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން މިހާރު މި ފިލްމުގެ ޓީމުން ދަނީ މި އަހަރު ދިވާލީގައި ފިލްމު ރިލީޒްކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ޚަބަރުތައް ބުނާގޮތުން އަޒަރްބައިޖާންގައި ނަގަން ހަމަޖައްސި ލަވައެއް އަދި ޝޫޓުނުކުރެވި އެބައޮތެވެ. ނަމަވެސް މިހާރު މި ލަވަ ސްޓޫޑިއޯއެއްގައި ނަގަން ނިންމާފައިވާކަމަށް ވެއެވެ.
ޕްރަބޫ ދޭވާ ޑައިރެކްޓްކުރާ މި އެކްޝަން ފިލްމުގައި ސަލްމާންގެ އިތުރުން ޑިޝާ ޕަޓާނީ، ޖެކީ ޝްރޯފް އަދި ރަންޑީޕް ހޫޑާވެސް މުހިންމު ރޯލުތަކެއް ކުޅެއެވެ. މިއީ ސައުތު ކޮރެއާގެ ފިލްމު “ވެޓެރަން”ގެ ރީމޭކެކެވެ.
ކިޔުންތެރިންގެ ޚިޔާލު
