1993ގައި އުފެއްދި ހިޓް ފިލްމު ”ކަލް ނާޔަކް“ގެ ސީކްއަލްއެއް އުފައްދާ ވާހަކަތައް ފެންމަތިވެފައިވާއިރު، ”ކަލް ނާޔަކް“ގެ އެކްޓްރެސް މަދޫރީ ޑިކްސިޓަށް އެކަން އެނގިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ފިލްމު ”ކަލް ނާޔަކް“ގެ ’ޗޯލީކޭ ޕީޗޭ ކިޔާހޭ‘ އަކީ މަދުރީގެ ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ލަވައެވެ. އެހެންކަމުން ”ކަލް ނާޔަކް“ގެ ސީކްއަލް އެއް ހަދާނަމަ އެ ފިލްމުން މަދުރީ ފެނުމަކީ އޭނާގެ ފޭނުން އުއްމީދުކުރާނެ ކަމެކެވެ.
”ކަލް ނާޔަކް“ގެ ސީކްއަލް އާބެހޭ ގޮތުން މަދޫރީ ކައިރީ ސުވާލުކޮށްލުމުން ބުނީ، ”ތީ އަހަންނަށް ވެސް ޚަބަރެއް. ތިކަން އެނގިފައެއް ނެތް. ތީ މަށަށް ވެސް ސަޕްރައިޒްއެއް.“
”ތީގެ ސްކްރިޕްޓް އޮންނަ ގޮތަކުން، އެމީހުން އެ ޕްލޭންކުރާ ގޮތަކުން، ޝޫޓްކުރާ ތަނެއްގެ ގޮތުން އެއްޗެއް ބުނަން އެނގޭނީ. ކަންތައްތައް ކުރިއަށްދާ ގޮތަކުން ތިޔަށް އެއްޗެއް ބުނަން އެނގޭނީ.“ ފިލްމުގެ ސީކްއަލްގައި ބައިވެރިވާން ބޭނުންތޯ އަހައިލުމުން ބުންޏެވެ.
”ކަލް ނާޔަކް“ ގައި ދައްކައިދެނީ ބޮޑު ކުށްވެރިއެއް ކަމަށްވާ، ބައްލޫ (ސަންޖޭ ދަތު) ފުލުހުންނަށް ފިލައިގެން އުޅޭތަނާއި އޭނާ ހިފާ ހައްޔަރުުރުމަށް ފުލުސްމީހާ، ރާމް (ޖެކީ ޝްރޮފް) އާއި އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ، ގަންގާ (މަދޫރީ ޑިކްސިޓް) ކުރާ ބުރަ މަސައްކަތެވެ.
https://www.youtube.com/watch?v=8nd5NLbUu44
މަދޫރީ ބުނީ އޭނާ އެކްޓްކޮށްފައިވާ ފިލްމެއްގެ ރީމޭކެއް ނުވަތަ ސީކްއަލްއެއް ހަދާފާނެކަމަށް ވިސްނައިލެވިފައި ނެތްކަމަށެވެ.
”އަހަންނަށް ހީވަނީ އެއީ އެހެން މީހުންގެ ކަމެއްހެން،“ ތޭޒާބް، ދިލް، ސާޖަން، ހަމް އާޕްކޭ ހޭ ކޯން އަދި ދިލް ތޯ ޕާގަލް ހޭ ފަދަ އެތަކެއް ހިޓް ފިލްމުތަކެއް ކުޅެފައިވާ މަދޫރީ ބުންޏެވެ.
މަދޫރީ މިހާރު ހުރީ ކޮރޯނާވައިރަސްގެ ދިގު ލޮކްޑައުންއަށް ފަހު ސްޓޫޑިއޯތަކަށް ނުކުމެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
”ލޮކްޑައުން އަށްފަހު، ”ޑާންސް ދީވާނޭ“ އަދި ނެޓްފްލިކްސްގެ ޕްރޮޖެކްޓް އަލުން ފެށުމަށް އަހަރެން ސްޓޫޑިއޯތަކަށް ނުކުންނާނަން.“ އޭނާ ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




