ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 އިން އިތުރު 40 މީހަކަށް ޝިފާ ލިބިއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި އިތުރު 40 މީހުންނަށް ޝިފާ ލިބި، އެބަލިން ރަނގަޅުވި މީހުންގެ އަދަދު 1193 އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދާދިދެންމެއަކު، ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 1193 މީހުންނަށް ވަނީ ކޮވިޑް-19 އިން ޝިފާ ލިބިފައެވެ. އިއްޔެއާއި ހަމައަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ 1153 މީހެއް ކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 2003 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 700 މީހުންނާއި، ބަންގްލަދޭޝްގެ 1058 މީހުންނާއި، އިންޑިއާގެ 191 މީހުންނާއި، ނޭޕާލްގެ 24 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 11 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 5 މީހުންްނެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން، 8 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 346 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 742 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top