ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް، ހައްދުންމަތީ ކުނަހަންދޫ ހަނދުވަރީގެ، އާމިނަތު އަމީނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
އަމީނާ މި މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި، އާމިނަތު އަމީނާ މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ދާއިރާއިން ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީންނެވެ. މީގެ އިތުރުން އަމީނާ ވަނީ ޤައުމީ ޔުނިވަރސިޓީން ޖާރނަލިޒަމް ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައެވެ.
އާމިނަތު އަމީނާ އެންމެ ފަހުން އަދާކުރެއްވީ ވީމީޑިޔާގެ ސީނިއަރ އެޑިޓަރެއްގެ މަޤާމެވެ. މީޑިއާ ދާއިރާގެ ގިނަ ތަމްރީނުތަކެއް ފުރިހަމަ ކުރެއްވުމުގެ އިތުރުން އަމީނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ ދާއިރާގެ އެވޯޑް ދެފަހަރެއްގެ މަތިން ޙާޞިލުކުރައްވާފައެވެ.
މުނިއަވަސްގެ ޓީމާއި ކިޔުންތެރިންގެ ފަރާތުން އަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




