ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހި ފިލްމު އެސޯސިއޭޝަނުން ދިވެހި ފުލުހުންނަށް އެހީއެއް!

ކޮވިޑް-19ގެ ބަލިމަޑުކަމާއި ދެކޮޅަށް ދިވެހިން ކުރަމުންދާ މަސައްކަތުގައި އިސް ދައުރެއް އަދާކުރަމުން ގެންދަވާ ދިވެހި ފުލުހުންނަށް، ދިވެހި ފިލްމު އެސޯސިއޭޝަނުގެ ފަރާތުން އެހީތެރިވެދިނުމަށް ބައެއް ތަކެތި ހަވާލުކޮށްފިއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދިވެހި ފިލްމު އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑު މެންބަރުން ފުލުހުންގެ އިދާރާއަށް ޒިޔާރަތްކޮށް ދިވެހި ފުލުހުންނަށް ސާޖިކަލް މާސްކް، އަންގި އަދި ސެނިޓައިޒަރ ވަނީ ހަވާލުކޮށްފައެވެ. މި ތަކެއްޗާއި ފުލުހުންގެ ފަރާތުން ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އެވެ. ފިލްމު އެސޯސިއޭޝަނުގެ ފަރާތުން ފުލުހުންނަށް އެހީގެ ތަކެތި އެރުވީ ބޮޑުގެ މެންބަރުން ކަމުގައިވާ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން ގެ ޗެއާޕާސަންއަކީ ޝިވާޒް އަބްދުﷲ (މާސްކޭ)، ވައިސް ޗެއާ ނިއުމާ މުހައްމަދު، ޚަޒާންދާރު ޖާދުﷲ އިސްމާއީލް (ޖާދު) އެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން ގެ ފަރާތުން ފުލުހުންނަށް1000 ސާރޖިކަލް މާސްކް،1000 އަންގި އަދި100 ސެނިޓައިޒަރ ފުޅި ހަދިޔާކުރިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ސުނާމީ 2030
3 ގަޑިއިރު ކުރިން
ޒަލަފް – ފަހު ބައި
6 ގަޑިއިރު ކުރިން
Home
Menu
Search
Back to top