ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައު އާއްމު ހާލަތާއެކު ސްކޫލުތައް ހުޅުވައިފި

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން 3 މަހަށްވުރެ ގިނަ ދުވަސް ވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު މިއަދު މިވަނީ އަލުން ފަށައިފިއެވެ.

ކިޔެވުން ފަށާފައި މިވަނީ އައު އާއްމު ހާލަތުގައި ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކަކާވެސް އެކުގައެވެ. ދަރިވަރުންނާއި މުދައްރިސުން މިއަދު ސްކޫލަށް ދިޔައީ މާސްކް އަޅައިގެންނެވެ.

ސްކޫލުތައް ހުޅުވީ ކޮވިޑް-19 ނެތް ހުރިހާ ރަށެއްގައި ގްރޭޑް 1 އިން 12ގެ ގްރޭޑްތަކާ ހަމައަށެވެ. ނަމަވެސް މާލެ ސަރަހައްދުގައި އަދި ކިޔަވައިދެނީ ގްރޭޑް 9 އިން 12 އަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަރިވަރުން ސްކޫލަށް ގެންދަނީ ބައިބަޔަށް ބަހާލައިގެން ވަކި ގަޑިތަކެއްގައެވެ. ދަރިވަރުންނާއި މުދައްރިސުން ތިބީ ގައިދުރުކޮށެވެ. ދަރިވަރުން ސްކޫލަށް ވަދެ ކްލާސްރޫމްތަކަށް ވައްދަނީ ހުންބަލާ ސެނިޓައިޒްކުރުމަށްފަހުގައެވެ. ދަރިވަރުންނަށް ގައިދުރުކަން ބެހެއްޓުމަށް އަންގައިދީ އެކަން ހަނދާން ކޮށްދިނުމަށް އަންގައިދޭ އެކި ނިޝާންތައް ވަނީ ސްކޫލްތަކުގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ހަމްޒާ – ކުރު ވާހަކަ
4 ގަޑިއިރު ކުރިން
މަންމަ – ކުރު ވާހަކަ
5 ގަޑިއިރު ކުރިން
Home
Menu
Search
Back to top