ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވައިގެ ޒަރީޢާއިންވެސް ކޮވިޑް ފެތުރޭ – ސައިންސްވެރިން

ނޮވެލް ކޮރޯނާވައިރަހަކީ ވައިގެ ޒަރީޢާއިންވެސް ފެތުރޭ ވައިރަހެއް ކަމަށް އެތަކެއް ސައިންސްވެރިންނެއް ބުނެފިއެވެ. ދުނިޔޭގެ ސިއްހަތާބެހޭ އިދާރާ (ޑަބްލިޔުއެޗްއޯ) އިން ހަދާފައިވާ ގައިޑްލައިން މުރާޖައާކުރުމަށްވެސް ސައިންސްވެރިން ވަނީ ގޮވާލާފައެވެ.

ދަ ނިއުޔޯކް ޓައިމްސްގައި ބުނެފައިވާގޮތުން 32 ޤައުމެއްގެ 239 ސައިންސްވެރިން ހަދާފައިވާ މި ދިރާސާއިން ދައްކާާ ގޮތުން، ވައިގެތެރޭގައި ހުންނަ ކުދިކުދި އުންސުރުތަކާއެކު މި ބަލީގެ ވައިރަސް ފެތުރެއެވެ. އަންނަ ހަފުތާގައި މި ދިރާސާ ސައިންސްޓިފިކް ޖާނަލް އެއްގައި ޝާއިޢުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ބުނެފައިވަނީ، މި ބަލި ފެތުރެނީ، ބަލި ޖެހިފައިވާ މީހެއްގެ ނޭފަތުން ނުވަތަ އަނގައިން ސީދާ އެނޫން މީހެއްގެ ހަށިގަނޑަށް ވައިރަސް އަށް މެދުވެރިކުރާ މާއްދާއެއްގެ އަސަރު ކުރުމުން ކަމަށެވެ.

ސައިންސްވެރިންގެ މި ދިރާސާއާމެދު މަޝްހޫރު ނިއުސް އޭޖެންސީ ރޮއިޓާޒް އިން ސުވާލުކުރުމުން ޑަބްލިޔުއެޗްއޯ އިން އެއަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ސައިންސްވެރިންގެ މި އައު ހޯދުމުގައި ބުނެފައިވާ ގޮތުން ކޮވިޑް ޖެހިފައިވާ މީހަކު ބަންދު ތަނެއްގައި ހުރެ ކިނބިހިއަޅައި ކެއްސާ ނަމަ، އެތަނުގެ ވައިގެ ތެރޭގައި މި ބައްޔަށް މެދުވެރިކުރާ ވައިރަސް ފެތުރިފައި ހުންނަކަން ހޯދުންތަކުން ހާމަވާ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top