ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް ރާޅުއެރުމުގެ ފުރުސަތު ބޮޑު – މެޓް

ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ނިމުތު ކުރެވޭތީވެ، ކުރިއަށް އޮތް 3 ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓުން ބުނީ، ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑުވެގެންދާނެ ކަމަށް ބެލެވޭ ކަމަށާއި އެންމެހައި ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް ދަންނަވާ ކަމަށެވެ.

ޚާއްސަކޮން ގޮޑުދޮރާއި ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ ފަރާތްތަކާއި، މޫދަށް އެރި އުޅުއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުން މެޓުން މިއަދު ނެރުނު މޫސުމާބެހޭ ޚަބަރުގައި އެދިފައިވެއެވެ. މީގެ އިތުރުން ފަޅުތެރޭގައި އަޅައިފައި ހުންނަ އުޅަނދު ފަހަރުގެ ރައްކައުތެރިކަމަށްވެސް
ވިސްނެވުމަށްވެސް އެދިފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ހަމްޒާ – ކުރު ވާހަކަ
1 ގަޑިއިރު ކުރިން
މަންމަ – ކުރު ވާހަކަ
2 ގަޑިއިރު ކުރިން
Home
Menu
Search
Back to top