ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް” އުފައްދައިފި

“މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް” ގެ ނަމުގައި ދިވެހި މިއުޒިކީ ފަންނާނުން ޖަމިއްޔާއެއް އުފައްދައިފިއެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޔޫނިއަން އެންޖީއޯއެއްގެ ގޮތުގައި ރަސްމީކޮށް ރެޖިސްޓާކޮށްފައިވުމުން އެކަމަށް މަރުހަބާ ދަންނަވާފައެވެ. އަދި މިއުޒިކީ ފަންނާނުންގެ ހައްގުތަކުގައި މަސައްކަތް ކުރުމަށް އެ ޖަމްއިއްޔާ އަކީ މުހިއްމު ފިޔަވަޅެއް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ އެ ޖަމިއްޔާއާ ގުޅިގެން މިއުޒިކީ ފަންނާނުންނަށް ހުރި ކަންބޮޑުވުންތައް ގާތުން ބަލައި އެކީގައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

“މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް” އިން ބުނެފައިވަނީ ދިވެހި މިއުޒިކީ ފަންނާނުންގެ ހައްގުތަކުގައި މަސައްކަތް ކުރާނެ މިނިވަން ޖަމިއްޔާއެއް ރާއްޖެއަށް ބޭނުންވެފައިވާ ކަމަށެވެ.

“މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް” އިން މަސައްކަތް ކުރާނީ މިއުޒިކީ ފަންނާނުންނަށް ހުރި ގޮންޖެހުންތައް ހޯދައި އެފަރާތްތަކުންގެ ހައްގުތަކަށާއި އެ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top