ދީނީ ސުވާލެއް އޮތީތަ؟
ހޮލީވުޑް
“އޯ ވަޒަން” – ދުނިޔޭގެ ވިއްސަކަށް ޤައުމުގެ 44 މިއުޒީޝަނުންގެ ފަރާތުން

ދިވެހި ޤައުމީ ލަވަތަކުގެ ތެރެއިން އެންމެ ހިތްގައިމު އެއް ލަވައަކީ “އޯ ވަޒަން” ކަމާމެދު ދެބަސްވާނެ ދިވެއްސެއް މަދުވާނެއެވެ. މިއީ ހަމައެކަނި ދިވެހީންގެ ހިތްތަކާ ކުޅެލާފައިވާ ލަވައެއް ނޫންކަން މިހާރު މިއޮތީ އެނގިގެން ގޮސްފައެވެ. ދުނިޔޭގެ 20އަށް ވުރެން ގިނަ ޤައުމުގެ 44 މިއުޒީޝަނުން މި ލަވައިގެ ކަވާއެއް ގެނެސްދީފައި ވުމަކީ އެކަމުގެ އަލިގަދަ ހެއްކެކެވެ.

ނުވަދިހައިގެ ފަހުކޮޅު މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުﷲ ޙަސަން (ހޮޅުދޫ ޢަބްދުﷲ)ގެ ރަން އަޑުން ކިޔާފާއިވާ “އޯ ވަޒަން”ގެ ކަވަރއަކީ “އޮކެސްޓްރާ” ވައިބެއްގެ ގޮތުގައި ގެނެސްދީފައިވާ ވާޝަން އެކެވެ.

މި ކަވަރ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އޮކެސްޓްރާ ގްރޫޕެއްކަމަށްވާ “ވަން އޮކެސްޓްރާ” އާއި އެމެރިކާގެ ސިޓީއެއްކަމަަށްވާ ޕެންސިލްވޭނިއާގައި ހުންނަ “މޯހޯކް ހައި ސްކޫލް ކޮޔަރ” ގްރޫޕް ގުޅިގެންނެވެ.

“އޯ ވަޒަން”ގެ މި ކަވަރ ޔޫޓިއުބަށާއި މީސްމީޑިއާއަށް ދޫކޮށްލާފައިވަނީ ދިވެހިންނަށްދޭ ޓްރިބިއުޓެއްގެ ގޮތުގައެވެ.

މިއީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް މި އާޓިސްޓުން ކޮށްފައިވާ ތާރީޚީ، އަގުހުރި މަސައްކަތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top