ވިދަމުން އަންނަ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތު ޕްރޮޑިއުސްކޮށް މި އަހަރު އަޟްޙާ ޢީދަށް ޚާއްޞަކޮށް އުފައްދާ ފައިވާ ޢީދު ލަވަ، ޢީދު ދުވަހު ރާއްޖެ ޓީވީން ރިލީޒްކުރާނެ ކަމަށް ރިއްފަތު ބުނެފިއެވެ.
ފޯރިގަދަ ހިންދީ ރާގަކަށް ރިއްފަތު ކިޔާފައިވާ މި ލަވައިގެ ލިރިކްސް ހަދާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޙަސަން ޠަލާޤް އެވެ.
މަނިކް އާޓްސް އިން ލަވައިގެ ވީޑިއޯ މަސައްކަތް ވަރަށް ފުރިހަމައަށް ކޮށްފައިވާއިރު، ލަވައިގައި ފަރިފަރި ނެށުމުގެ ހަރަކާތްތަކެއް ގެނެސްދެނީ “ޕާރޕްލް ވިންގް ޑާންސް ގްރޫޕް”ގެ ނެށުންތެރިންނެވެ.
ލަވަ އުފެއްދުމުގައި އެހީތެރިވެދިން އިއްލޭ، މާއި އަދި ސަމާއަށް ރިއްފަތު ޝުކުރުއަދާކުރަމުން ބުނީ ލަވައިގެ އޯޑިއޯ އަދި ވީޑިއޯ ހެދުމަށް ލިބުނީ އެންމެ 48ގަޑިއިރު ކަމަށެވެ.
“ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލަވައިގެ ހުރިހާ ކަމެއް މި ނިންމާލީ.” އަމިއްލަ ސޯލޯ އަލްބަމްގެ ޑީވީޑީއާއެކު ނެރުމަށް ތައްޔާާރުވަމުން އަންނަ ރިއްފަތު ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި