ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައިފޯން 12 ރިލީޒްކުރެވޭނީ ތަންކޮޅެއް ލަހުން ކަމަށް އެޕަލްއިން ބުނެފި

އައިފޯން12 މި އަހަރު ނެރެވޭވަރު ވާނީ ތަންކޮޅެއް ލަހުން ކަމަށް އެޕަލް ކުންފުނިން ބުނެފިއެވެ.

“މިދިޔަ އަހަރު އައިފޯންގެ އައު މޮޑެލް އަހަރުމެން ވިއްކަން ފެށީ ސެޕްޓެމްބަރު ފަހުކޮޅުގަ، މި އަހަރު އަހަރެމެންނަށް އަންދާޒާ ކުރެވެނީ ދެތިން ހަފުތާއެއް ވަރު ލަސްވާނެ ކަމަށް.” އެޕަލްގެ ޗީފް ފައިނޭންޝަލް އޮފިސަރ ލޫކާ މައެސްޓްރީ މިއަދު ހާމަކޮށްފައިވެއެވެ.

މި އަހަރު އައިފޯން ސަޕްލައިކުރުން ލަސްވަނީ ކީއްވެގެން ކަމެއް މައެސްޓްރީ ހާމައެއް ނުކުރެއެވެ. ނަމަވެސް ‘ދަ ވޯލްސްޓްރީޓް ޖާރނަލް’ ގައި މި އަހަރު ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުން އެޕަލް ކުންފުނިން އައިފޯން12 އުފެއްދުން މަހެއްހައި ދުވަހަށް ވަނީ ފަސްކޮށްފައެވެ.

އާއްމުގޮތެއް އެޕަލް އިން އުފައްދާ އައިފޯނުގެ އައު މޮޑެލްގެ ޚަބަރުތައް ސެޕްޓެމްބަރު މަހު ހާމަކުރެއެވެ. އަދި އެ މަސް ނިމުމުގެ ކުރިން އައިފޯނުތައް އެކި ސަރަހައްދުތަކަށް ފޮނުވަން ފަށައެވެ.

މިހާރު މަޢުލޫމާތު ލިބޭގޮތުން އޮކްޓޫބަރު މަހަށް ވެސް އައިފޯނުގެ އައު އިސްދާރު ލިބޭނެކަމެއް ސާފެއް ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top