ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަންޖޭ ދަތު ލީލާވަތީ ހޮސްޕިޓަލުގެ އޮބްޒަވޭޝަންގައި

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ޑްމިޓްކޮށް އޮބްޒަވޭޝަންގައި ބާއްވާފައިވާކަމަށް އޭނާ ބުނެފިއެވެ.

ސަންޖޭ ދަތު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ލީލާވަތީ ހޮސްޕިޓަލުގެ މެޑިކަލް އޮބްޒަވޭޝަންގައި އޭނާ ބާއްވާފައިވާކަމަށާއި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މުވައްޒަފުންގެ އެހީތެރިކަން ލިބި، ވަރަށް އަވަހަށް ގެއަށް ދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މުމްބާއިގައި ހުންނަ ލީލާވާތީ ހޮސްޕިޓަލުގައި ރޭ ސަންޖޭ އެޑްމިޓް ކުރީ ނޭވާލުމަށް އުނދަގޫވާތީ އެވެ. ސަންޖޭ ކުރި ޓްވީޓެއްގައި ބުނީ ނޭވާލުމަށް އުނދަގޫވާތީ ކޮވިޑަށް ޓެސްޓުކުރި ކަމަށާއި ނަމަވެސް އެ ޓެސްޓު ނެގެޓިވްވެފައިވާ ކަމަށެވެ.


ބައެއް ޚަބަރުތައް ބުނާގޮތުން، ސަންޖޭ ދަތަށް ފަރުވާދެމުން ގެންދަނީ ‘ނަން ކޮވިޑް-19 އައިސީޔޫ ވޯޑެއްގައެވެ. އޭނާގެ ސްވެބް ޓެސްޓެއް ހަދާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top