ދިވެހީންގެ ތެރޭގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދި ހިންދީ ޑްރާމާ ސިލްސިލާ “ސާތު ނިބާނާ ސާތިޔާ”ގެ ދެވަނަ ސީޒަންގެ ޓިޒާ ދައްކާލައިފި އެވެ. މިއީ ދެހާސް ދިހަވަނަ އަހަރު ސްޓާޕްލަސް އިން ދައްކަން ފެށި، ޓީއާރްޕީ އެންމެ މަތީގައި އުޅުނު އެއް ޑްރާމާއެވެ.
ހިންދީ ހިޓް ސީރީޒްތަކުގެެ އިތުރު ސީޒަންތައް ގެނެސްދޭން ފަށާފައިވާއިރު، “ސާތު ނިބާނާ ސާތިޔާ 2” އަންނަ އޮކްޓޯބަރު މަހު ދައްކަން ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޓީޒާއިން ގޯޕީ ބަހޫ ފެނިގެންދާއިރު ކޯކިލާގެ ރޯލުން ފެނިގެންދާނެ ތަރި ދައްކާފައެއް ނުވެ އެވެ. ޚަބަރުތައް ބުނާ ގޮތުގައި ކޯކިލާގެ ރޯލުން ފެނިގެންދާނީ ކުރިން ވެސް ފެނުނު ރޫޕަލް ޕަޓޭލް އެވެ. ނަމަަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޫޕަލް އަށް އެ ރޯލު ކުޅުމަށް ހުށައަޅާފައެއް ނުވެއެވެ.
ގޯޕީ ބަހޫ އާއި ކޯކިލާގެ ނަމުން މަޝްހޫރުވެގެން ދިޔަ މި ޑްރާމާގެ ދެވަނަ ސީޒަން ދައްކަން ފަށާނީ އޮކްޓޯބަރު މަހު ކަމަށް ހަބަރުތައްބުނެ އެވެ. އަދި އެ ޑްރާމާ ދެއްކުމުގެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
“ސާތު ނިބާނާ ސާތިޔާ” ގައި ދައްކަނީ ނުފޫޒުގަދަ މައިދަތަައަކު އުޅޭ ގެއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއްގެ ތެރެއިން އެހެމް އާއި ގޯޕީގެ ޒަވާޖީ ހަޔާތުގައި ކުރިމަތިވާ ކަންތަތަކެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!