ބައިސްކޯފު ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ސިޓިންރޫމް ކޮމެޑީ ”ކަރުހަކުރު”ގެ ތިންވަނަ ސީޒަންގެ 06 އެޕިސޯޑްގެ ޝޫޓިން ނިމިފައިވާކަމަށް މުނިއަވަސް އަށް މަޢުލޫމާތު ލިބިއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން މުނިއަވަސް އަށް ބުނީ ”ކަރުހަކުރު”ގެ 06 އެޕިސޯޑްގެ ޝޫޓިން ނިމިފައިވާކަމަށާއި މިހާރު 07 ވަނަ އެޕިސޯޑްގެ ކަރުދާހުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުން ”ކަރުހަކުރު”ގެ ޝޫޓިންތައް ކުރިއަށް ގެންދަނީ ވަރަށް ހަލުވި ސްޕީޑެއްގައެވެ.
އަންނަ އޮކްޓޫބަރު މަހު ”ކަރުހަކުރު” ދައްކަން ފަށާނެ ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، ބައިސްކޯފުގެ ޓްވިޓަރގައި ކޮށްފައިވާ ޕޯސްޓަކުން އެކަމުގެ އިޝާރާތެއްވެސް ވަނީ ލިބިފައެވެ.
Who said there’s no such thing as a perfect family? pic.twitter.com/rh7r4JPXOg
— KaruHakuru (@KaruHakuru) September 16, 2020
މަޢުލޫމާތު ލިބިފައިވާ ގޮތުން މިފަހަރުގެ ސީޒަންގައިވެސް ހިމެނޭނީ 12 އެޕިސޯޑެވެ. މުޙައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓަކަށް، މަޙްދީ އަޙްމަދު ސްކްރީންޕްލޭ ލިޔެ މުންކޮ ޑައިރެކްޓްކުރާ ”ކަރުހަކުރު“ މިއީ އޯކޭޒް އިންކް އާއި ބައިސްކޯފު ގުޅިގެން އުފައްދަމުން އަންނަ ސީރީޒެކެވެ.
”ކަރުހަކުރު“ ސީރީޒް ގެ މައިގަނޑު ކާސްޓުނަކީ މަޝްހޫރު ލަވަކިއުންތެރިޔާ ލަމްހާ ލަތީފް (ލިއުޝާ)، މަޝްހޫރު ފިލްމީ ތަރި އަލީ އާޒިމް (ޒެކް)، ދިވެހި ބަހުގެ މާހިރު ޞާދުބޭގެ ހަގު ދަރިފުޅު ރައުފަތު ޞާދިޤު (ނާއިފް)، އައިޝަތު ޢަލީ (ލީޒާ) އާއި ޙުސައިން ނާޒިމް (ރަޝީދު) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!