ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލަކްޝްމީ ބޮމް” ރިލީޒްކުރަނީ ނޮވެމްބަރު މަހު

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރާއި ބަތަލާ ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދާ ފިލްމު “ލަކްޝްމީ ބޮމް” މިއަހަރު ނޮވެމްބަރު 09 ގައި ރިލީޒްކުރަން ނިންމައިފި އެވެ. މިއީ ރަގަވާ ލޯރެންސް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.

“ލަކްޝްމީ ބޮމް” މިއަހަރު ނޮވެމްބަރު 09ގައި ރިލީޒްކުރަން ނިންމާފައިވާއިރު، އަކްޝޭގެ އަމިއްލަ އެކްޝަން ތުރިލާ ފިލްމު “ސޫރްޔާވަންޝީ” ވެސް ރިލީޒްކުރަން ނިންމާފައިވަނީ ނޮވެމްބަރު ގައެވެ. އެހެންކަމުން މި ފިލްމު ރިލީޒްކުރުން ފަސްކޮށްލުމަކީ އެކަށީގެންވާ ކަމެއްކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

ބިރުވެރި ކޮމެޑީ “ލަކްޝްމީ ބޮމް” ރިލީޒްކުރާނެ ތާރީޚު ހާމަކުރުމަށް އަކްޝޭ ކުރި ޓްވީޓެއްގައި ބުނީ މި ފިލްމު އާންމުންނާ ހަމައަށް އަންނާނީ ނޮވެމްބަރު ނުވައެއްގައި ކަމަށާއި ފިލްމު ދައްކާނީ ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިން ކަމަށެވެ.

މިއަހަރު ޢީދުގައި ގެެނެސްދޭންް ނިންމި މި ފިލްމުގެ ޓީޒާއެއްވެސް އާންމުކޮށްފައިވެއެވެ.

https://www.youtube.com/watch?v=JmRLUWPCK9o

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top