ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބައިސްކޯފު “ލަކީ” – ބައިވެރިވުމުގެ ފުރުޞަތު މިމަހު 10 ގައި ހަމަވާނެ!

ބައިސްކޯފުން “ލަކީ” ގެ ނަމުގައި ފަށަން ތައްޔާރުވެފައިވާ ރިއަލިޓީ ޝޯވގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހު 10 އަށް ހަމަވާނެއެވެ. “ލަކީ” ކައިރީ ބުނެގެން ނަސީބު ހުރިގޮތެއް ބަލައިލަން މި ފުރުޞަތުގައި ބައިވެރިވެފައި ނުވާނަމަ އަވަހަށް ބައިވެރިވެލާށެވެ.

“ލަކީ” ވުމަށް ކުރަންޖެހޭ ކަމަކީ ބައިސްކޯފުން އާއްމުކޮށްފައިވާ މި ޝޯގެ ޓީޒާ ޕޯސްޓަށް ލައިކެއް ދިނުމަށް ފަހު، ޝެއާކުރުމެވެ. ޓުވިޓާގައި ނަމަ ރިޓުވީޓް ކުރުމެވެ. އެއަށްފަހު އެމީހަކު ބޭނުންވާ ކޮންމެވެސް އެއްޗެއް ކޮމެންޓްގައި ލިޔެލަންވީ އެވެ. ދެން ކުރަން ޖެހޭ ކަމަކީ އެމީހަކު ބައިވެރިވާ ޕްލެޓްފޯމަކުން ބައިސްކޯފަށް ފޮލޯކޮށްލުމެވެ. ފެން ފޮދެއް ބޮއެލާހައި ފަސޭހަ ކަމެއް ކޮށްލައިގެން ނަސީބުހުރި ގޮތެއް ބަލައިލަން މިއީ ރަނގަޅު ފުރުޞަތެކެވެ.

“ލަކީ” އަކީ އެކި ސީޒަންތަކަށް ބަހާލައިގެން ގެނެސްދޭނެ ޝޯއެކެވެ. މި ޝޯގެ ފުރަތަމަ ސީޒަންގައި 10 އެޕިސޯޑް ގެނެސްދޭނެއެވެ. މި ޝޯ ގެނެސްދޭން ފަށާ ދުވަސް ވަރަށް އަވަހަށް ބައިސްކޯފުން އިއުލާނުކުރާނެ އެވެ.

ބައިސްކޯފުން ބުނީ މި ޝޯވގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ގެ ސަބަބުން އިގްތިޞާދު ދަށްވެ އާންމުންގެ ޖީބުތަކަށް ދަތިވެފައިވާ މި ދުވަސްވަރުގައި ކޮންމެވެސް ގޮތަކުން ބައިސްކޯފުން އާންމުންނަށް އެހީތެރިވެދިނުން ކަމަށެވެ.

https://www.facebook.com/baiskoafu/videos/1645775002263445

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top