ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އެއްކަލަ ޝޯވ” ބައިސްކޯފަށް އަންނަނީ

“އެއްކަލަ ޝޯވ”ގެ ނަމުގައި ޗޮޕްއާރޓުން އުފައްދާ އެނިމޭޓެޑް ސްޓޭންޑިން ކޮމެޑީ ޝޯވ އެއް ބައިސްކޯފަށް ގެންނަން ތައްޔާރުވެއްޖެއެވެ.

އިވެންޓް މެނޭޖްމެންޓް، މާރކެޓިން، އެޑްވަޓައިޒިން، ސައުންޑް އަދި ލައިޓް ހެދުން، ވީޑިއޯ މަސައްކަތާއި ފޮޓޯގްރަފީގެ މަސައްކަތް، ބްރޭންޑިން އަދި ކޮންސެޕްޓް ތަރައްޤީކޮށްދިނުން ފަދަ ކަންކަމުގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި އުޅޭ ޗޮޕްއާރޓުން އުފައްދާ “އެއްކަލަ ޝޯވ”ގެ ޓްރެއިލާއެއް މިރޭ ބައިސްކޯފުން އާއްމުކޮށްފައި ވެއެވެ.

“އެއްކަލަ ޝޯވ”ގެ ޓްރެއިލާއިން ފެންނަނީ ކޯޓު ފަޓުލޫނުގައި ހުންނަ މީހެއް ސްޓޭޖެއް މަތީ ހުރެގެން މަޖާ ގޮތަކަށް ޚަބަރު ސުރުޚީތަކެއް ގެނެސްދޭ މަންޒަރެވެ. އޯޑިއަންސްގައި ދައްކަނީ ސިލޫޓް (ހިޔަނި) ގޮތަށް ތިބޭ ބައެކެވެ. ސްޓޭޖްގައި ހުންނަ މީހާ ދައްކާ މަޖާ ވާހަކަތަކަށް އޯޑިއަންސުން ހިނިގަނޑު ޖަހަމުންދެއެވެ.

“އެއްކަލަ ޝޯވ”ގެ ޕްރެޒެންޓަރަކަށް ހުންނަ އެނިމޭޓެޑް ކެރެކްޓަރ އާއި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެލައްވާ ބޭފުޅަކާއި ވައްތަރު ގޮތެއް ހުންނަކަން ފާހަގަކޮށްލެވެއެވެ.

“އެއްކަލަ ޝޯވ”ގެ އިތުރު މަޢުލޫމާތު ލިބުނުހައި އަވަހަކަށް ކިޔުންތެރިންނާ ހަމައަށް އަޅުގަނޑުމެން ގެނެސްދޭނަމެވެ.

https://www.facebook.com/baiskoafu/videos/998250983977011

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top