ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝިންޓެ އަދި ޝަހޫގެ ކައިވެންޏާއެކު “ތިޔަ ރާނީ” ރިލީޒްކޮށްފި

♪♫ ރީތިކަން ފެނިފާ ތިޔަ ރާނީ / ހަނދުވެސް ލަދުގަނެފާ ދާތީ
ރީތި މާ މޯޅިވެދާތީ އޭ / ހިނތުން ފެނިފާ ފަރި ރާނީ ♪♫

ހަމަ ގައިމުވެސް ޝިންޓެގެ ރީތި މާ ނުވަތަ ފަރި ރާނީ އަށް މޯޅިވުމެއް ނެތެވެ. ޝިންޓެގެ ހިތުގެ ރާނީ ޝަހޫ އާއި ޝިންޓެ ކައިވެނީގެ މަތިވެރި ގޮށުން ބަނދެވުނީ 11 އޯގަސްޓް 2020 ގައެވެ. އެހެންކަމުން، މުނިއަވަސްގެ ފަރާތުން ޝިންޓެގެ ދެމަފިރިންނަށް ބާއްޖަވެރި، އަރުތަވެރި ޒަވާޖީ ޙަޔާތަކަށް އެދެމުން މަރުހަބާ ކިޔަމެވެ.

ޙަސަން ޝިނާން (ޝިންޓޭ) އަކީ ޓިކްޓޮކްގައި ވިދާލާފައިވާ ހުނަރުވެރި ތަރިއެކެވެ. އައި ފިލްމްސްގެ ފުރަަތަމަ ފީޗާ ފިލްމުގައި ޝިންޓެ ފެނިގެން ދިޔައެވެ. ހަމަ އެ ޕްރޮޑަކްޝަންގެ ދެވަނަ ފިލްމު “ނީނާ”ގައި ވެސް ޝިންޓެ ފެނިގެންދާނެއެވެ.

އެ ވާހަކައެއް ނޫނެވެ. ޝިންޓެ އާއި ޝަހޫގެ ކައިވެނީގެ ހަދިޔާއަކަށް ބެލުންތެރިންނަށް މިވަނީ ހިތްގައިމު ވީޑިއޯ ލަވައެއް ގެނެސްދީފައެވެ. ޝިންޓެ އާއި އޭނާގެ ފަރި ރާނީ ޝަހޫ ފެނިގެންދާ މި ލަވައިގައި ޝިންޓެގެ ނެށުމުގެ ހުނަރުވެރިކަން ވަރަށް ފުރިހަމައަށް ދައްކާފައި ވެއެވެ. ލަވައިގައި ޝަހޫ އާއި ޝިންޓެ ދަރިފުޅު ‘ލޫކް’ ވެސް ފެނިގެންދެއެވެ. ‘ލޫކް’ އަކީ ޝަހޫގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިފުޅަށް ވިޔަސް، ލޫކްގެ ‘ޑޭޑީ’ އަކީ މިއަދު ޝިންޓެއެވެ. އެހާވެސް ބޮޑަށް ޝިންޓެ ދެކެ ލޫކް ވެސް ލޯބިވެއެވެ.

ޝިންޓެގެ “ތިޔަ ރާނީ” ރިލީޒްކުރީ އެމީހުންގެ ކައިވެނި ޕާޓީގައެވެ. މިހާރު މިއޮތީ ބެލުންތެރިންނާ ހަމައަށް ވެސް ގެނެސްދީފައެވެ. ބިދަބިން ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ ހަރަކާތްތަކެއް ވެސް ކައިވެނި ޕާޓީގައި ކުރިއަށް ދިޔައެވެ.

https://www.facebook.com/MuniAvas/videos/2404603999843578

ވެޑިން ތެރޭގައި ޝަހޫ ވަނީ ސަޕްރައިޒެއްގެ ގޮތުން ލަވައެއް ވެސް ހުށައަޅައިދީފައެވެ.

”މެރީކުރުމުގެ ކުރިން އަދި ސަޕްރައިޒް ވީޑިއޯ ލަވައެއް ފޭނުންނާ ހަމައަށް ވެސް ގެނެސްދޭނަން.“ މީގެ ހަތަރު މަސް ކުރިން ޝިންޓެ ބުނެފައި ވެއެވެ. މުނިއަވަސް އަށް ޝިންޓެ ދިން ޚާއްޞަ އިންޓަވިއުގައި ޝިންޓެ ބުނި ލަވަ އަކީ މިއީ އެވެ.

ޝިންޓެގެ “ތިޔަ ރާނީ” އަކީ ‘ޓެކްނޯ އަންލިމިޓެޑް’ގެ އުފެއްދުމެކެވެ. ވީޑިއޯ ޑައިރެކްޓްކޮށް ކޮރިއޮގްރަފީ ހެދީ ޝަޒާން ނަސީމެވެ. ކެމެރާކުރީ ނާޝިއު ނައީމެވެ. އެޑިޓިންގ އާއި ކަލަރ ގްރޭޑިން ހެދީ އާއިމް ޒަމީރެވެ. މޭކަޕްކުރީ ރުޠުބާ އެވެ.

ޝިންޓެ އާއި ޝަހޫ ކައިވެނި ހަފުލާގައި

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ކަމަނާ5 އަހަރު ކުރިން

ލަވަ ހެދި ފަރާތަށާ ކީފަރާތަށް އެއްވެސް ކްރެޑިޓެއް ނެތް

މޮޅު މީހާ5 އަހަރު ކުރިން

ޝިންޓެގެ ކަޕްލްއަށް މަރުހްބާ

މޮޅު މީހާ5 އަހަރު ކުރިން

ކްރެޑިޓް ދީފަ އޮތްތަން ކިޔުންތެރިޔާ އަށް ނުފެނި ކޮމެންޓްކުރުމަކީ އަދި މާ ހުތުރު ކަމެކެވެ.

ރާޖާރާނީ5 އަހަރު ކުރިން

ހަބަރު ކިޔާ މީހަކަށް ހީވެދާނެ މި ލަވަޔަކީ މިމީހުން އަމިއްލައަށް ހަދައިގެން ވީޑިއޯ ކުޅެ ރިލީސް ކޮށްފައި ވާ އެއްޗެކޭ. އެކަމަކު މީ ޓިކްޓޮކް އަދި އާންމުންގެ ތެރޭގައިވެސް މަގުބޫލު ލަވައެއް. ކްރެޑިޓް ދޭންވާ މީހުންނަށް ކްރެޑިޓް ނުދިނުމަކީ ވަރަށް ދަށުދަރަޖައިގެ ހަޑިހުތުރު ކަމެއް

Home
Menu
Search
Back to top