ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލޫޑޯ” ގެ ހުރިހާ ތަރިންނަކީ އަހަރެންގެ ފުރަތަމަ ހޮވުން: އަނޫރާގް

ބޮލީވުޑް ފިލްމު ޑައިރެކްޓަރ އަނޫރާގް ބާސޫގެ ކުރިއަށް އޮތް ފިލްމު “ލޫޑޯ” ގައި ހިމެނޭ ކޮންމެ ތަރިއަކީވެސް އޭނާގެ ފުރަތަމަ ހޮވުން ކަމަށް އޭނާ ބުނެފިއެވެ.

“ލޫޑޯގެ ކާސްޓުން ފެށިގެން ކުރޫއަށް ހުރިހާ މީހުންނަކީ އަހަރެންގެ ފުރަތަމަ ހޮވުން. އަހަރެން އެއިން ކޮންމެ އެކްޓަރަކަށްވެސް މި ފިލްމު ހުށަހެޅީމަ އެމީހުންގެ ޖަވާބަކަށްވީ އާނއެކޭ. ބޭނުންވި ގޮތަށް ހުރިހާ ކަމެއް ގޮސް ބަދަލުތަކެއް ގެންނަން ނުޖެހުނުކަމީ ނަސީބެއް.”

އަނޫރާގް ބުނެފައިވެއެވެ.

“ލޫޑޯ” އަކީ އޭނާއަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށާއި އެއީ މީގެ ކުރިން އޭނާ އުފައްދާފައިވާ ފިލްމުތަކާއި ތަފާތު ފިލްމަކަށް ވާތީ ކަމަށްވެސް އަނޫރާގް ބުނެފައިވެއެވެ. އަދި މިފަދަ ފިލްމެއްގައި އެހާ ހުނަރުވެރި މޮޅު ތަރިންތަކަކާއެކު މަސައްކަތް ކޮށްލެވުމަކީ ވަރަށް އުފާވެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެއެވެ.

މިއުޒިކް ޑައިރެކްޓަރ ޕްރިތަމްއަކީ އޭނާގެ އެންމެ ގާތް އެކަކު ކަމަށާއި އޭނާއާއިއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އަނޫރާގް ފާހަގަކުރިއެވެ. އަދި މި ފިލްމު ގެނެސްދިނުމުގައިވެސް އޭނާއާއި ވަރަށް ގާތުން މަސައްކަތް ކޮށްދީފައިވާތީ އޭނާ ވަނީ ޕްރިތަމްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އޯޑިއެންސް ލިބެމުން އަންނާތީ ވަރަށް އުފާވެފައި ހުރިކަމަށާއި މި ފިލްމާއެކު ދިވާލީގައި އާއިލާއާއެކު އުފާކުރާނެކަމަށް އުއްމީދުކުރާ ކަމަށްވެސް އަނޫރާގް ބުނެފައިވެއެވެ.

“ލޫޑޯ” އަކީ އެންތޮލޮޖީ ޑާކް ކޮމެޑީ ފިލްމެކެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި އަބީޝެކް ބައްޗަން، އަދިތުޔާ ރޯއީ ކަޕޫރް، ރާޖްކުމާރް ރާއޯ، ފާތިމާ ސަނާ ޝައިޚް، ސާންޔާ މަލޯޓްރާ، ރޯހިތު ސަރަފް، ޕަންކަޖް ތުރިޕަތީ، އާޝާ ނެގީ، ޝާލިނީ ވަޓްސް އަދި އިނާޔަތު ވަރްމާ ހިމެނެއެވެ. މި ފިލްމު ރިލީޒް ކުރާނީ އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ނެޓްފްލިކްސްގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top