އެމެރިކާގެ ޗިކާގޯއަށް ނިސްބަތްވާ މި މޮޑެލް އަދި ބިއުޓީ ބްލޮގަރ ތުންފަތުގައި ހީނާފަތް އެޅުމަށްފަހު ހިއްސާކުރި ވީޑިއޯ ފެނިފައި އިންޑިޔާގެ ޓްވިޓަރ ބޭނުންކުރާ މީހުންނަށް ހައިރާންކަމެއް ލިބިއްޖެއެވެ. ބްރައިނާ ކްރިސްޓިއަންސަންގެ ތުންފަތުގައި ހީނާފަތްއެޅީ ތުންފަތަށް އޮރެންޖު ކުލަ އެރުވުމަށެވެ. އޭނާ ތުންފަތުގައި ހީނާފަތް އަޅައި ހިއްސާކުރި ވީޑިއޯ މިވަނީ ވައިރަލް ވެފައެވެ.
ހީނާފަތަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގައި ވަރަށް އާއްމުކޮށް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް މި ޤައުމުތަކުގައި ހީނާފަތް އަޅަނީ އަތްފައިގައާއި އިސްތަށިގަނޑުގައެވެ. އެހެން ނަމަވެސް ތުންފަތުގަައި ހީނާފަތް އެޅުން މިއީ ހަމަ ގައިމުވެސް އާއްމުކަމެއް ނޫނެވެ.
ބްރައިނާ ކްރިސްޓިއަންސަންގެ ތުންފަތުގައި ހީނާފަތް އަޅާ މަންޒަރު ދައްކައިދޭ ވީޑިއޯ އާއްމުކުރީ މިދިޔަ މަހުގައި ނަމަވެސް މި ވީޑިއޯ ޓްވިޓަރ ތެރެއަށް އާއްމުވެފައި މިވަނީ ދާދި ފަހުންނެވެ.
ވީޑިއޯއިން ފެންނަނީ ބްރައިނާ ކްރިސްޓިއަންސަންގެ ތުންފަތުގައި ބުރުހަކުން ރަތް ހީނާފަތް އުނގުޅާ ތަނެވެ. އެއަށްފަހު ހީނާފަތް ހިކެންދެންް ހުންނަ ތަނާއި ހީނާފަތް ހިކުމުން ހީނާފަތް ފޮހެލާ ތަނެވެ. ހީނާފަތް ފޮހެލުމުން ބްރައިނާގެ ތުންފަތް ހުރީ އޮފުއަރާ އޮރެންޖު ކުލައިގައެވެ.
……this a joke?pic.twitter.com/0PQE9K98pU
— ariya (@priyochannie) October 25, 2020
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




