ފުޓްބޯޅަ މެޗެއްގައި ބޯޅަ ދެނެގަތުމަށް ބޭނުންކުރި އާޓިފިޝަލް އިންޓެލިޖެންސް ކެމެރާއަކަށް އޮޅިގެން މިފަހަރު ޑިޓެކްޓްކުރެވުނީ ރެފްރީގެ ތަލަ ބޮލެވެ. މިކަން ހިނގީ ސްކޮޓްލޭންޑްގައި ކުރިއަށްދިޔަ ފުޓްބޯޅަ މެޗެއްގައެވެ.
ސްކޮޓްލޭންޑްގައި އިންވަރނަލް ކެލިޑޯނިއަން ތިސްލް (އައިސީޓީ)އާއި އައިރ ޔުނައިޓެޑް ބައްދަލުކުރި ފުޓްބޯޅަ މެޗެއްގައި ކެމެރާމަނެއް ބޭނުންކުރުމުގެ ބަދަލުގައި ޓީމުތަކުން ބަރޯސާވީ ‘އޭއައި ޕަވަރޑް ކެމެރާ’ އަށެވެ. މިއީ މެޗްތަކުގައި ބޯޅައަށް ފޮލޯކުރުމަށް ބޭނުންކުރާ ވަޞީލަތެކެވެ.
އިންވަރނަލް ކެލިޑޯނިއަން ތިސްލް ފުޓްބޯޅަ ކުލަބް (އައިސީޓީއެފްސީ)އިން ކްލެޑޯނިއަން ސްޓޭޑިއަމްގައި ޕިކްސޮލެޓް ކެމެރާ ސިސްޓަމެއް ހަރުކުރިއެވެ. މި ކެމެރާ ސިސްޓަމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ބޯޅަ އަށް ކެމެރާ ފޯކަސްކޮށް ވީޑިއޯ ނެގުމަށް އެހީވެދެއެވެ.
ނަމަވެސް މިފަހަރު ޓީމުން ބޭނުންވި ގޮތެއް ނުވިއެވެ. ނަސީބުދެރަކަމުން މިފަހަރުގެ ޕްލޭން ދިޔައީ ޗޮކުންނެވެ. ކެމެރާއަށް އޮޅިގެން ފޮލޯކުރެވުނީ ރެފްރީގެ ތަލަ ބޮލަށެވެ.
https://www.youtube.com/watch?v=HjJmO9NvKL8
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި