ސައިފް ޢަލީ ޚާން އާއި ކަރީނާ ޚާން ކަޕޫރަށް ދެވަަނަ ދަރިއެއް ލިބެން އުޅޭކަން ހާާމަކޮށްފައިވާ އިރު، ކަރީނާ ބުނީ އޭނާ އުއްމީދުކުރަނީ މިފަހަރު އަންހެން ކުއްޖެއް ލިބުމަށް ކަމަށެވެ. ކަރީނާ އާއި ސައިފްގެ ފުރަަތަމަަ ދަަރިފުޅު ތައިމޫރުގެ އުމުރަކީ ތިން އަހަރެވެ.
2016 ވަނަ އަހަރު ކަރީނާ ބަަލިވެއިނުމާއެކު ލިބެން އުޅެނީ ކޮންކަހަލަ ކުއްޖެއްތޯ މީހުން އެހުމުން އެއެއް ނޭނގޭކަމަށް ބުނަމުން ކަރީނާ ބުނީ އަންހެން ކުއްޖެއް ލިބިއްޖެ ނަމަ އޭނާ އުފާކުރާނެ ކަމަށެވެ.
ގްލޯބަލް ސިޓިޒަން އޮގައިނައިޒޭޝަނުން ބޭއްވި އިވެންޓެއްގައި އޭނާ ބުނީ؛ “މި ދުވަސްވަރު އަހަރެން ދާާ ކޮންްމެ ތަނަަކުން މީހުން އަހަަރުމެން ދެމީހުން ކައިރީ އަހާ ސުވާލެއް އޮވޭ، ލިބެން އުޅެނީ އަންހެން ކުއްޖެއްތޯ ފިރިހެން ކުއްޖެއްތޯ؟ އެގޮތް ބަލައިފިންތޯ؟ އަހަަރެން ބުނަން ކޮންމެ ކަަހަލަ ކުއްޖެއް ލިބުނަސް ކޮބާާހޭ އޭގެ ތަފާތަކީ؟ ހަަމަަ ގަައިމުވެސް ފިރިހެންް ކުއްޖަަކު ކޮށްދިން ކަންތަކަށް ވުރެން ގިނަަ ކަަންތައް އަހަރެންގެ މަައިންބަފައިންނަށް އަހަރެން ކޮށްދީފަ ވާނީ.”
View this post on Instagram
ބޮލީވުޑްގެ ކުޅަދާނަ ބަތަލު ސައިފް އަލީ ޚާންގެ އަންހެނުން ކަރީނާ ދެވަނަ ދަރިޔަކަށް ބަލިވެ އިންކަން އެ ދެމީހުން އިއުލާނުކުރީ މިދިޔަ އޯގަސްޓް މަހުގައެވެ.
ކަރީނާ އޭނާގެ ފުރަތަމަ ދަރިފުޅު ކަމަށްވާ ތައިމޫރު އަލީ ޚާން އަށް ބަލިވެ އިންކަން މީޑިއާއަށް ހާމަނުކޮށް ދުވަސްތަކެއް ހޭދަކުރުމަށްފަހު އެންމެ ފަހުން، މީޑިއާގައި ދެކެވެމުން ދިޔައީ ތެދު ވާހަކަތަކެއް ކަމަށާއި، ކަރީނާ ބަނޑުބޮޑުކަން ސައިފު ކަށަވަރުކޮށްދިނެވެ.
