ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސާރަކާ ވައްތަރު ކިނބުލެއް – ވީޑިއޯ

ސާރަކާ ވައްތަރުގެ، މާސިންގާ ކިނބުލެއް އެމެރިކާގެ ފުލޮރިޑާއިން މިދިޔަ ބުދަ ދުވަހު ފެނިއްޖެއެވެ. މި ކިނބޫ ފެނުނީ ވެލެންްސިއާ ގޮލްފު އަދި ނެޕްލްސްގެ ކަަންޓްރީ ކުލަބުން ހުރަސްކުރަނިކޮށެވެ.

ފުލޮރިޑާއިން ބޮޑެތި ކިނބޫ ފެނުމަކީ އެހާ މަދުން ހިނގާކަމެއް ނޫނެވެ. ފުލޮރިޑާގެ ޕާކުން ފެނުނު ކިނބުލުގެ ސައިޒު ބޮޑުކަމުން ސާރަކާ އަޅާކިޔާފައި ވެއެވެ. މި ވީޑިއޯ ރެކޯޑްކުރި ޓައިލަރ ސްޓޮލްޓިންގ ބުނީ އެވަރުގެ ބޮޑު ކިނބުލެއް ދުވަހަކުވެސް ފެނިފައި ނުވާކަމަށެވެ.

“އަސްލު އަހަންނަށް ވެސް ކޮންމެވެސް ވަރެއްގެ ޝޮކެއް ލިބުނު.” ގޮލްފު ކުލަބުގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ސްޓޮލްޓިންގ ނެގި ވީޑިއޯއާމެދު ދަ ނިއުޔޯކް ޕޯސްޓާ ވާހަކަދައްކަމުން ފާހަގަކުރިއެވެ.

“އެސޮރު ފުދޭވަރަކަށް ބޮޑު، މިހާތަނަށް މަށަށް ފެނުނު އެންމެ ބޮޑު ކިނބޫ އެއީ.” އޭނާ ބުންޏެވެ.

މި ވީޑިއޯ ވައިރަލް ވެފައި ވަނީ ވެެލެންސިއާ ގޮލްފު ކުލަބުން ފޭސްބްކްގައި އެ ވީޑިއޯ އާއްމުކުރުމާާއި ގުޅިގެންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top