ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ހަމަ ކޮންމެ އުފެއްދުމެއްގެ މަސައްކަތް ކުރަމުންދާ އިރު، ސަކަރާތްޖެހުމާއި މަޖާ ނެގުން މިއީ ހަމަ އާއްމުކަމެއްކަމަށް ކިޔާއަޑު އެހީމެވެ. އެހައި ވަރަށް ކެއުން އޮންނަކަންވެސް ހަމަ ގައިމުވެސް ކެމެރާގެ ފުރަގަހުން (ބިހައިންޑް ދަ ސީންސް) އިން ފެނެއެވެ. މި ދެކަންތައް އަޅުގަނޑަށް ވެސް ކުޑަކޮށް ނަމަވެސް ތަޖުރިބާކޮށްލެވުނީ ފިލްމު “ނޮވެމްބަރ”ގެ ޝޫޓިން ތެރެއިންނެވެ. އެއީ އަދި ލޯބީގެ، ސީރިއަސް ފިލްމެކެވެ. އެކަމަކު ޝޫޓިންގައި އުޅުނުއިރު ހީވީ ބޮޑު މަޖާގަނޑެއްގެ ތެރޭގައި އުޅެވުނުހެންނެވެ. މަޖާކޮށް، ސަކަރާތްޖެހުން އޮތަސް، ސީރިއަސްވާން ޖެހޭ ވަގުތު ހަމަ އެންމެންވެސް އެހާ ސީރިއަސްވެސް ވެއެވެ.
ދައްކަން މިއުޅެނީ މީޑިއާނެޓް އޮރިޖިނަލްސް އިން ގެނެސްދިނުމަށް ޑާކްރެއިން އެންޓަޓެއިންމެންޓުން ހަދާ ވެބް ސީރީޒް “ރޫމީ އާ ޖަންނަތު“ގެ ޝޫޓިން ތެރެއިން ނަގާފައިވާ ބައެއް ވީޑިއޯ ކްލިޕްތަކުގެ ވާހަކައެވެ. ކެމެރާގެ ފުރަގަހުން ވެސް މަޖާކުރުމާއި ސަކަރާތްޖެހުން ކުރިއަށްދާކަން މި ހިއްސާކޮށްލާ ބައެއް ކްލިޕްތަކުން އެނގޭނެއެވެ.
ލީޑުން ފުބޫ އާއި މަޖޫ ފެނިގެންދާނެ “ރޫމީ އާ ޖަންނަތު” ދައްކާނީ މީޑިއާނެޓްގެ ސްޓްރީމިން ޕްލެޓްފޯމުންނެވެ. މީގައި ރޫމީ އަކީ ޝެފެކެވެ. ޖަންނަތު އަކީ އެމްއެންޑީއެފްގެ ފަޔަރ ބްރިގޭޑެކެވެ. މަޖޫ ފެނިގެންދާނީ އެމްއެންޑީއެފްގެ އަސްލު ޔުނިފޯމުގައެވެ.
[aiovg_video type=”facebook” facebook=”https://www.facebook.com/rumiaajannat/videos/379378900054310″ poster=”http://www.muniavas.com/wp-content/uploads/2020/11/Rumi-a-Jannat.jpg”]
[aiovg_video type=”facebook” facebook=”https://www.facebook.com/100000545132899/videos/3954707517890714/” poster=”http://www.muniavas.com/wp-content/uploads/2020/11/Rumi-a-Jannat.jpg”]
[aiovg_video type=”facebook” facebook=”https://www.facebook.com/100000545132899/videos/3947813565246776″ poster=”http://www.muniavas.com/wp-content/uploads/2020/11/Rumi-a-Jannat.jpg”]
[aiovg_video type=”facebook” facebook=”https://www.facebook.com/100000545132899/videos/3953575424670590″ poster=”http://www.muniavas.com/wp-content/uploads/2020/11/Rumi-a-Jannat.jpg”]
“ރޫމީ އާ ޖަންނަތު” ސިޓްކޮމްގެ ސްކްރީންޕްލޭ ލިޔަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލެވެ. ޕްރޮޑިއުސްކުރަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.
