ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ ފަހުގެ ބަތަލާއިންނަށް ބަލާއިރު އެންމެ ހުނަރުވެރި އެއް ބަތަލާއަކީ ބޫމީ ޕެޑްނޭކަރެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުން އޭނާގެ ހުނަރުވެރިކަން ވަރަށް ފުރިހަމައަށް ފެނިގެން ގޮސްފައިވާއިރު އޭނާގެ ފިލްމުތައްވެސް ޚާއްސައެވެ. އޭނާ ކުޅެފައިވާ ކޮންމެ ފިލްމަކުންވެސް އޯޑިއެންސަށް ޚާއްސަ މެސެޖެއްވެސް ރައްދުކޮށްދެއެވެ.
“އަހަރެންނަށް ހީވަނީ އަހަރެންގެ ފިލްމުތަކުން މުނިފޫހިފިލުވައިދެޔޭ. އަދި ހަމަ އެޔާއެކު ފިލްމު ބަލާ މީހުންގެ ވިސްނުން ރަނގަޅު ގޮތަކަށް ބަދަލުކުރުވާ ކަމަށްވެސް އުއްމީދުކުރެވޭ. އަހަރެންގެ ގިނަ ފިލްމުތަކަކީ އިޖުތިމާޢީ ވަރަށް މުހިންމު މެސެޖުތަކެއް ދޭ ފިލްމުތަކެއް.”
ބޫމީ ބުނެފައިވެއެވެ.
“ކޮންމެ ފިލްމެއްގައިވެސް އޮންނާނީ ވަކި އޯޑިއެންސެއް. އެ ފިލްމެއްގެ އޯޑިއެންސް މުނިފޫހިފިލުވައިނުދެވުނިއްޔާ އެ ފިލްމުގެ މަޤުސަދު އެ ހާސިލް ނުވީ. އަހަރެންގެ ހުރިހާ ފިލްމެއްގައިވެސް ދިރިއުޅުމާ ބެހޭގޮތުން ނޫނިއްޔާ އަންހެނުން ބާރުވެރި ކުރުވުމާ ބެހޭގޮތުން ކިޔައިދޭން ބޭނުންވާ ވާހަކަ އޯޑިއެންސާ ހަމައަށް ފޯރުކޮށްދެވުނު. އެހެންވެ އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދެކެނީ.”
ބޫމީ އިތުރަށް ބުނެފައިވެއެވެ.
ބޫމީގެ ފިލްމުތަކަށް ބަލާލާއިރު ދެން އެންމެ އަވަހަށް އޭނާ ފެންނާނީ އަންނަ ޑިސެމްބަރު މަހު 11 ގައި އެމެޒަން ޕްރައިމް ވީޑިއޯގައި ރިލީޒްކުރާ “ދުރްގާވަތީ” އިންނެވެ. ޖީ އަޝޯކް ޑައިރެކްޓްކުރާ މިފިލްމުގެ މުހިންމު ރޯލުތަކުން އަރްޝަދު ވަރްސީއާއި ޖިޝޫ ސެންގުޕްތާވެސް ފެންނާނެއެވެ. އަދި “ބަދާއީ ދޯ” އަދި ކަރަން ޖޯހަރްގެ “ތަޚްތު” ގައިވެސް ބޫމީ ހަރަކާތްތެރިވާނެއެވެ.
