ސަންޖޭ ދަތު ލީޑް ކުޅެފައިވާ ފިލްމު “ތޯރްބާޒް” މިއަހަރު ޑިސެމްބަރު 11ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމައިފިއެވެ. މިއީ ކެންސަރަށް ފަރުވާ ހޯދިފަހުން، ރިލީޒްކުރާ ސަންޖޭގެ ފުރަތަމަ ފިލްމެވެ. ހަމަ އެހެންމެ، މިއީ ސަންޖޭގެ ފިލްމެއް ނެޓްފްލިކްސްގައި ރިލީޒްކުރާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ
އަފްޣާނިސްތާނުގައި ކުޅެފައިވާ މި ފިލްމުން ކިޔައިދެނީ ރެފިއުޖީ ކޭމްޕެއްގައި އުޅެމުން އަންނަ ކުދިންތަކެއްގެ ދިރިއުޅުން، ކްރިކެޓްގެ ޒަރީޢާޢީން ބަދަލުކޮށްލުމަށް މީހަކު ކުރާ މަސައްކަތްތަކެކެވެ.
ނެޓްފްލިކްސްގައި ރިލީޒްކުރާ ސަންޖޭގެ ފުރަތަމަ ފިލްމާބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، “ތޯރްބާޒް”ގެ ވާހަކައަކީ އަފްޣާނިސްތާނުގެ ހާލަތު ދައްކައިދޭނެ ފިލްމެއްކަމަށެވެ. ސަންޖޭ ބުނީ، ވަރުގަދަ މި ފިލްމާއެކު އެނބުރި ފިލްމު އިންޑަސްޓްރީއަށް ނުކުމެވޭތީ އުފާކުރާ ކަމަށެވެ.
“ތޯރްބާޒް” ޑައިރެކްޓްކުރީ ގިރިޝް މާލިކް އެވެ. މި ފިލްމުގައި ސަންޖޭއާ އެކު ފެނިގެންދާނެ ތަރިންނަކީ ނަރްގިސް ފަޚްރީ އާއި ރާހުލް ދޭވް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!