ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިވެކް އޮބްރޯއީ އާއިލާއާއެކު ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ތަރި ވިވެކް އޮބްރޯއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ވިވެކް އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުންދަނީ ސައި ލެގޫން މޯލްޑިވްސްގައެވެ.

ވިވެކް ރާއްޖެ އައިސްފައިވާކަން ހާމަކޮށްފައިވަނީ އޭނާ އިންސްޓަރގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. ވިވެކް ރާއްޖޭގައި އޭނާ ހޭދަކުރަމުންދާ މަންޒަރު ދައްކައިދޭ ފޮޓޯތައް އިންސްޓަރގްރާމްގައި އޭނާގެ ފޭނުންނާއި ހިއްސާކުރަމުން އެބަދެއެވެ.

ވިވެކް އެންމެ ފަހުން ފެނިފައިވަނީ ކަންނާޑާ ފިލްމު “ރުސްތަމް”ގައި ބާރަތުގެ ރޯލުންނެވެ. 2019 ގައި އުފެއްދި ނަރެންދުރަ މޯދީގެ ބަޔޯޕިކްގައި ވިވެކް ވަނީ އިންޑިޔާގެ ބޮޑުވަޒީރު މޯދީގެ ރޯލުވެސް ކުޅެފައެވެ.

ވިވެކް ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި “އޯމްކަރާ” އަދި “ސާތިޔާ” ފާހަގަކޮށްލެވެއެވެ. އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ “މުމްބާއީ ސާގާ” ކިޔާ ފިލްމެކެވެ.

[responsive-slider id=33672]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top