ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިލާ ކޮލެޖް ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް، ލ. ގަން ކެމްޕަހުގެ ދަރިވަރުންނަށް ހުޅުވާލައިފި

ވިލާ ކޮލެޖް ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕްގެ ފުރުސަތު އެކޮލެޖްގެ ލ.ގަން ކެމްޕަހުގެ ދަރިވަރުންނަށް ހުޅުވާލުމުގެ ގޮތުން ވިލާ ކޮލެޖާއި ހައްދުންމަތީ ގަމު ކައުންސިލާ ދެމެދު 8 ޑިސެމްބަރ 2020 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވިލާ ކޮލެޖް ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕްގެ އެއްބަސްވުމުގައި ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖް ގަން ކެމްޕަސް މެނޭޖަރ ޠާހާ އަބޫބަކުރު އެވެ. ގަމު ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ގަމު ކައުންސިލް ގެ ރައީސް މުހަންމަދު ޝިޔާމް އެވެ.

[responsive-slider id=33844]

ވިލާ ކޮލެޖް ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަކީ، ވިލާ ކޮލެޖް އަތޮޅުތެރޭ ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދަށް ނިސްބަތްކޮށް، އެސަރަހައްދެއްގެ ދަރިވަރުންނަށް ހިލޭ ކިޔެވުމަށް ހުޅުވާލެވޭ ފުރުސަތެއް ކަމަށް ވިލާކޮލެޖް ގަން ކެމްޕަހުން މަޢުލޫމާތު ދެއްވައެވެ. މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު 2021 ވަނަ އަހަރު ޖެނުއަރީ ސެމިސްޓަރގައި 2 ދަރިވަރަކަށް ލިބިގެންދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top