ކާމިޔާބު ފިލްމު ސީރީޒް ”ހައުސްފުލް“ އުފެއްދުމުގައި ހަރަކާތްތެރިވާ ޓީމާއި ގާތް ފަރާތަކުން ބުނީ ”ހައުސްފުލް“ ސީރީޒްގެ ހުރިހައި ތަރިން ހިމަނައިގެން ތައްޔާރުކުރާ ”ހައުސްފުލް 5“ ވެގެންދާނީ ވަރުގަދަ މަސައްކަތަކަށް ކަމަށެވެ. ސާޖިދު އާއި އޭނާގެ ޓީމުން ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މިދިޔަ އަހަރު ބޮލީވުޑްގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ކޮމެޑީ ފިލްމު ”ހައުސްފުލް 4“ އުފެއްދި ޓީމުން، އެ ސީރީޒްގެ ފަސްވަނަ ޕްރޮޖެކްޓްގެ މަސައްކަތް ފަށަން ކަމަރުބަނދެލާފައި ވާކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ. މިފަހަރު، ސާޖިދު ނާޑިއާވާލާ ޕްލޭންކުރަނީ ކުރީގެ ފިލްމުތަކުގައި ހަރަކާތްތެރިވި ހުރިހައި ތަރިން ހިމަނައިގެން ”ހައުސްފުލް 5“ އުފެއްދުމަށެވެ. އެހެންކަމުން މި ފަހަރުގެ ފިލްމުގައި ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން، ޖޯން އަބްރަހަމް، ޖެކްލީން ފަރނާންޑޭޒް އާއި އިތުރު ތަރިން ހިމެނޭނެއެވެ.
ކާމިޔާބު ފިލްމު ސީރީޒް ”ހައުސްފުލް“ އުފެއްދުމުގައި ހަރަކާތްތެރިވާ ޓީމާއި ގާތް ފަރާތަކުން ބުނީ ”ހައުސްފުލް“ ސީރީޒްގެ ހުރިހައި ތަރިން ހިމަނައިގެން ތައްޔާރުކުރާ ”ހައުސްފުލް 5“ ވެގެންދާނީ ވަރުގަދަ މަސައްކަތަކަށް ކަމަށެވެ. ސާޖިދު އާއި އޭނާގެ ޓީމުން ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ ފިލްމު ޝޫޓްކުރާނީ އައިމެކްސް ފޯރމެޓްގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އެންމެ ފަހުން ބޮލީވުޑްގައި މި ފޯރމެޓްގައި ޝޫޓްކޮށްފައިވަނީ ”ބާހޫބަލީ“ އާއި ”ޕަދްމާވަތު“ އެވެ. ”ހައުސްފުލް“ ސީރީޒާއެކު ސާޖިދު އާއި އަކްޝޭ މިވަނީ އެމީހުންގެ އަމިއްލަ ކޮމެޑީ ދުނިޔެއެއް އުފައްދާފައެވެ.
”ހައުސްފުލް 4“ އަކީ ސެޓަލައިޓް ޓީވީ ޗެނަލްތަކާާއި ސުމޭކް މަންސަތަކުގައި ވެސް ނިސްބަތުން އެންމެ ގިނަ މީހުން ބަލާފައިވާ ފިލްމުތަކުގެ ލިސްޓުގައި ހިމެނިފައިވާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




