ސަލްމާން ޚާން އާއި އަޔުޝްމަން ޝަރްމާ ލީޑްކުޅޭ ފިލްމު ”އަންތިމް- ދަ ފައިނަލް ޓްރުތު’ގައި ސަލްމާން ޚާން ހުންނާނެ ގޮތުގެ ފަސްޓްލުކެއް އާއްމުކޮށްފިއެވެ. މި ފިލްމަކީ މީގެ ކުރިން އިންޑިޔާގެ ސިނަމާގައި ފެނިފައި ނުވާފަދަ ވަރުގަދަ ދެ ކެރެކްޓަރ އެއް ފެނިގެންދާނެ ވާހަކައެއް ގެނެސްދޭނެ ފިލްމެކެވެ.
މަހޭޝް މަންޖްރެކަރް ޑައިރެކްޓްކުރާ މި ފިލްމުން ސަލްމާން ޚާން އާއި އަޔުޝްމަން ޝަރްމާ ފެނިގެންދާނެއެވެ. މި ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި މަރާތީ ކްރައިމް ޑްރާމާ ”މުލްޝީ ޕެޓަރން“ގެ އެޑްޕްޓޭޝަނެކެވެ. އެ ފިލްމަކީ، ފިލްމުގެ ވާހަކައަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ފިލްމެކެވެ.
ފޭނުންނަށް ސަޕްރައިޒެއް ދިނުމަށްޓަކައި އަޔުޝްމަން ޝަރްމާ މިވަނީ ސަލްމާން ޚާންގެ ފަސްޓްލުކެއް ހިއްސާކޮށްފައެވެ.
View this post on Instagram
”އަންތިމް“ ޕްރޮޑިއުސްކުރަނީ ’ސަލްމާން ޚާން ފިލްމްސް‘ އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި




