ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުނިއަވަސްގެ ދެވަނަ އަހަރީ ދުވަހު މާއެނބޫ ބުނަނީ ކީކޭބާ؟

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް މީގެ ދެ އަހަރު ކުރިން އުފެއްދި މުނިއަވަސް އަށް މިއަދު މިވަނީ ދެ އަހަރު ފުރިފައެވެ. ތިންވަނަ އަހަރަކާ ކުރިމަތިލާފައެވެ.

ދުވަހުގެ މުނާސަބަތުގައި ފިލްމީ ދާއިރާގެ ބައެއް ފަންނާނުންނާއި އާޓް ދާއިރާގެ ބައެއް ފަންނާނުން މުނިއަވަސް އާމެދު ދެކޭ ގޮތް މިވަނީ ހިއްސާކޮށްފައެވެ. އެގޮތުން މުނިއަވަސް އާމެދު އެކްޓަރ، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) ދެކޭގޮތް ގެނެސްދޭނަމެވެ.

އެކްޓަރ، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ)

ޓެލެވިޛަން މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ދުވަސްވަރު، އެކްޓިންގެ ތެރެއަށް ވަނުމަށްފަހު ގިނަ ދިވެހި ފިލްމުތަކަކާއި ޑްރާމާ އަދި ސިލްސިލާ ފިލްމުތަކުން ފެނި، މަޤްބޫލުކަން ހޯދާފައިވާ މުޙައްމަދު އަބޫބަކުރު (މާއެނބޫ) އަކީ މިއަދު އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއްގެ ވެރިއެކެވެ. “މީ ޕްރޮޑަކްޝަން” އިން މިހާތަނަށް އައިރު ގިނަ އުފެެއްދުންތަކެއް ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.

ދިވެހި ފިލްމު ހަގުއަނބި. މިތުރު، ކުށްހީ، ހުވަފަތް، އެދުވަސް ހިނގައްޖެ ފަދަ ފިލްމުތަކުން ފެނިގެންދިޔަ މާއެނބޫއަކީ ޓީވީއެމްގެ ވަރަށް ގިނަ ޑްރާމާތަކުގައިވެސް ހަރަކާތްތެރިވެފައިވާ ފަންނާނެކެވެ. މީގެ އިތުރުން ރާއްޖޭގައި އަލަށް އުފެއްދި ޓީވީ ސީރީޒް ’މަންޒިލް’ގައި ވެސް އޭނާ ހަރަކާތްތެރިވިއެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MuniAvas/videos/2807379572923000″ poster=”http://www.muniavas.com/wp-content/uploads/2020/12/Maanboo-e1608229863113.jpg”]

“މީ ޕްރޮޑަޝަން” އާއި މުނިއަވަސް އާއި ދެމެދު ގާތް ގުޅުމެއް އުފެދިފައިވަނީ އެ ޕްރޮޑަކްޝަންގެ ކާމިޔާބު ފީޗާ ފިލްމު “ކާކު؟”ގެ އޮންލައިން މީޑީއާ ޕާޓްނަރުކަން ލިބުނު ހިސާބުން ފެށިގެންނެވެ. އެ ޕްރޮޑަކްޝަންގެ ކޮންމެ އުފެެއްދުމެއްގެ މީޑިއާ ޕާޓްނަރުކަން މުނިއަވަސް އަށް ދިނުމަށް ނިންމާފައިވާކަން މި ފުރުޞަތުގައި ފާހަގަކޮށްލަނީ ވަރަށް ޝުކުރުވެރިކަމާ އެކުގައެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top