ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝިދާތާ އާއި ޒިޔާގެ ކައިވެނި ފެބްރުއަރީ 21 ގައި

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާއާއި ޒިޔާގެ ޖޯޑުގެ ކައިވެނިކުރުމަށް ހަމަޖެހިފައި އޮތީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ޒިޔާ އާއި ޝިދާތާ ކައިވެނި ކުރަން އުޅޭ ކަން ހާމާކުރީ މި މަހު 21ވަނަ ދުވަހުގެރޭގަ އެވެ. ދެމީހުން އެންގޭޖްވި ކަން ފޭސްބުކް މެދުވެރިކޮށް ހާމާކުރުމާއެކު އެ ދެމީހުންގެ ރައްޓެހިންނާއި ތިމާގެ މީހުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

މަރުހަބާ ކިޔާ މީހުން މަރުހަބާ ކިޔަމުން އަންނައިރު، ފާޑުކިޔާ މީހުންގެ ފާޑުކިޔުންތައް ވެސް ވަނީ ނިކަން ލޯބިން ކައިވެނިކުރަން އުޅޭ މި ޖޯޑަށް އަމާޒުވެފައިވެ.

އެއް ބަޔަކު އެ ދެމީހުންގެ އުމުރުގެ ތަފާތުކަން ފާހަގަކުރާއިރު، އަނެއް ބަޔަކު ބުނަނީ ދެމީހުން ނުވެސް ގުޅޭ ކަމަށެވެ. ހަސަބާއި ނަސަބު ތަފާތުކަން އަނެއް ބަޔަކު ފާހަގަކުރާއިރު ކައިވެނިކުރަން ނިންމާފައި މި ވަނީ ނުހަނު ލޯބިން ގުޅި އެކަކު އަނެކަކަށް ލޯބި ދިނުމަށް ޔަގީންކަންދީ ވައުދުވެފައިވާ ލޯބި ޖޯޑެއް ކަން ނުވިސްނެނީ ކަމަށްވެސް ވެދާނެއެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top