މަޝްހޫރު ބަޠަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެލް ކައިފް އާ އެކްޓަރު ސޫރަޖް ޕަންޗޯލީ ލީޑު ރޯލުން ފެނިގެންދާ ފިލްމު ”ޓައިމް ޓު ޑާންސް“ ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ފިލްމު ”ޓައިމް ޓު ޑާންސް“ އަކީ ސްޓޭންލީ ޑީ’ކޯސްޓާ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި އިޒަބެލް ކައިފް އާާއި ސޫރަޖް ޕަންޗޯލީގެ އިތުރުން ވަލޫޗާ ޑީ ސޫޒާ އާއި ރާޖްޕާލް ޔާދަވް ވެސް މުހިންމު ރޯލަކުން ފެނިގެންްދާނެއެވެ. މިއީ ބޮލީވުޑް ފިލްމެއްގައި ފުރަތަމަ ފަހަރަށް ބޯލްރޫމް އަދި ލެޓިން ޑާންސް ފެނިގެންދާނެ ފިލްމުކަމަށް ރިޕޯޓްތައް ބުނެއެވެ.
އިޒަބެލް ބޮލީވުޑަށް ތައާރަފްވާ ފިލްމު ”ޓައިމް ޓު ޑާންސް“ ރިލީޒްކުރާނީ މި އަހަރު މާރިޗު މަހުގެ 12 ވަނަ ދުވަހު އެވެ.
ފިލްމު ”ޓައިމް ޓު ޑާންސް“ އަކީ މަޝްހޫރު ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާ އާ އޭނާގެ އަންހެނުން ލިޒެލް އާ ދެމީހުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




