ހާދިކް މެހެތާ ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ ބޮލީވުޑްގެ ފިލްމު “ރޫހީ”ގެ މަޖާ ޓްރެއިލާ އަށް ފަހު މިހާރު މިވަނީ ފިލްމުގައި ހިމެނޭ ރީތި ލަވައެއް ކަމަށްވާ ‘ނަދިޔޯން ޕާރް’ ރިލީޒްކޮށްފައެވެ.
‘ނަދިޔޯން ޕާރް’ގެ މި ރީމޭކްގެެ ކޮރިއޮގްރަފީއަށް ފާާޑުކިޔުން އަމާޒުވެފައި ވިޔަސް، ލަވައިގައި ޖާންވީ ކަޕޫރު ފެނިގެންދަނީ ވިދާ ބަބުޅާ ރޫހެއް ފަދަ ގޮތަކަށް ވަރަށް ޗާލުކޮށް ކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.
ފިލްމު “ރޫހީ”ގައި ހަރަކާތްތެރިވަނީ ޖާންވީ ކަޕޫރުގެ އިތުރުން ރާޖްކުމާރް ރާއޯ އާއި ވަރޫން ޝަރްމާ އެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހު 11 ގައެވެ. ‘ނަދިޔޯން ޕާރް’ މިއީ ‘ލެޓް ދަ މިއުޒިކް ޕްލޭ’ގެ ރީމޭކެކެވެ.
https://www.youtube.com/watch?time_continue=47&v=DKj5m9cSMZs&feature=emb_title
ހޮރޯ ކޮމެޑީ ފިލްމު “ރޫހީ”ގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މި ފިލްމުން ފެނިގެންދާނީ ހަނީ މޫނަށް ގޮސް އުޅޭ އަންހެނެއްގެ ހަށިގަނޑު ތެރެއަށް ރޫހެއް ވަދެ ދެން ކަންތައްތައް ވެގެންދާ ގޮތެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 މެއި 2024ޚަބަރު“ލަސްވިޔަސް” މާލޭ މޭޔޭރަށް ބަރާބަރު!
- 7 މެއި 2024ޚަބަރުމޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ޗެއަރއަށް މުއާ
- 3 މެއި 2024ޚަބަރު“ބަވަތި” ވީޑިއޯކްލަބުން މިހާރު ބަލައިލެވޭނެ
- 30 އޭޕްރިލް 2024ރިޕޯޓްވޯލްނަޓް ކާންވީ ކީއްވެ؟