ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދެވަންސޫރަ” އިގެ ޓިކެޓް ވިއްކަން ފެށޭނީ އޮލިމްޕަހުގެ ކަރަންޓް މައްސަލަ ހައްލުވުމުން

“ދެވަންސޫރަ” އިގެ ޓިކެޓް ވިއްކަން މިމަހުގެ ހަވަނަ ދުވަހު ނުފެށުނީ އޮލިމްޕަހުގައި ކަރަންޓް ނެތުމުން ކަމަށާއި ޓިކެޓް ވިއްކަން ފެށޭނީ ކަރަންޓް މައްސަލަ ހައްލުވުމުން ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.

ޕްރޮޑަކްޝަން ޓީމުން ބުނީ މިމަހުގެ 06 ވަނަ ދުވަހު ޓިކެޓް ވިއްކަން ފަށަން ހަމަޖެހިފައިވީނަމަވެސް، އޮލިމްޕަހުގައި ކަރަންޓު ނެތުމުގެ ސަބަބުން އޮލިމްޕަހަށް ޓިކެޓް ވިއްކަން ވަދެވިފައި ނުވާ ކަމަށެވެ.

އޮލިމްޕަހުގެ ކަރަންޓުގެ މައްސަލަ ހައްލުވުމުން ޓިކެޓް ވިއްކަން އޮލިމްޕަހުން ފެށޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ޓިކެޓް ބުކް ކުރުމުގެ ފުރުޞަތު މިހާރުވެސް ހުޅުވައިލެވިފައިވާ ކަމަށާއި ޓިކެޓް ބުކް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 9700200 ނަންބަރު ފޯނަށް ގުޅުއްވުމަށް ވެސް ޕްރޮޑަކްޝަން ޓީމުން އެދެއެވެ.

ދެވަންސޫރަ އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ ސަސްޕެންސް ތުރިލާ އެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top