ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖަންނަތުގެ ރަނުގެ އަގަކީ ކިހާވަރެއްކަން އެނގޭތަ؟

މީޑިއާނެޓް މަލްޓި-ސްކްރީން އެޕްލިކޭޝަނުން މިހާރު ދައްކަމުން އަންނަ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފުރަތަމަ ވެބް ސީރީޒް “ރޫމީ އާ ޖަންނަތުު”ގެ 11 ވަނަ އެޕިސޯޑް މިދިޔަ ހުކުރުވިލޭރޭ ވަނީ އާއްމުކޮށްފައެވެ. މި އެޕިސޯޑުން މައިގަނޑުގޮތެއްގައި ފެނިގެން ގޮސްފައިވަނީ “ރޫމީ އާ ޖަންނަތުު”ގެ ރަން ކިޔުމުގެ ހަފުލާއެވެ.

ރޫމީ އާ ޖަންނަތުު” ސީރީޒްގައި ޖަންނަތު (ނުޒުހަތު ޝުޢައިބް)، ރޫމީ (ފުބޫ) އާއި އިންނަން ރަން ކިޔީ ކިހާވަރަކަށް ކަން ދިމާކޮށްލަން ބެލުންތެރިންނަށް ދޫކޮށްލަމުން އެޕިސޯޑްގެ ކުރު ޚުލާޞާއަކަށް ޖެހިލާނަމެވެ.

ރޫމީ އާ ޖަންނަތުު” ރަން ކިޔުމަށް ބާއްވާ ހަފުލާގައި ބައިވެރިވަނީ ދެ ފަރާތުގެ އާއިލާ މީހުންނާއި އެންމެ ގާތް ރައްޓެހިންނެވެ. މީގެ އިތުރުން ޖަންނަތަށް ވަލީ ދިނުމަށް އެ ރަސްމިއްޔާތުގައި ބައިވެރިވީ ޖަންނަތުގެ އަސްލު ބައްޕަ ކުރަފަތް އިދުރީހުގެ ދަރިފުޅު ‘އީޓީ’ (ރިފްޝާން) އެވެ. އެ ހަފުލާއިން އީޓީ ފެނިގެން ނޫސްވެރިޔާ ނެޑީ (ފައިސަލް) ކުރަމުން އައި ޝައްކެއްގެ ފޫޅު ކަނޑަނީ އީޓީގެ ބޮލަށެވެ. އެއީ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ‘ޑާކް ސްޓެއިން’ އިން ނެޑީއަށް ހޭއަރުވައިލުމަށް އީޓީ ލައްވައި ހަމަލާއެއް ދިން ކަމަށް ބުނެ އޭނާ ކުރަމުން އަންނަ ތުހުމަތުގެ ޝައްކެކެވެ. އެހެން ނަމަވެސް، ނެޑީއަށް ހަމަލާދިނީ އަސްލު ކާކު އަދި ކީއްވެގެންކަން ރަންކިޔުމުގެ ހަފުލާގައި ކުޅޭ ގޭމެއްގެ ތެރެއިން އެނގިގެން ދެއެވެ.

[responsive-slider id=35690]

މަޖާ ކަންތަކަކާއެކު ފެނިގެންދާ “ރޫމީ އާ ޖަންނަތުު”ގެ ރަންކިޔުމުގެ ހަފުލާ އާއި އެހެނިހެން އެޕިސޯޑްތައް ވެސް ބަލައިލެވޭނީ ހަމައެކަނި މީޑިއާނެޓް މަލްޓި-ސްކްރީން އެޕްލިކޭޝަނުން ނެވެ.

ރޫމީ އާ ޖަންނަތުު”ގެ ކުރިއަށް އޮތް އެޕިސޯޑަށް ނިސްބަތްވާ ކެމެރާގެ ފުރަގަހުގެ ބައެއް ފޮޓޯތައް ޑާކް ރެއިން އެންޓަޓެއިންމެންޓުން މިހާރު ވަނީ އާއްމުކޮށްފައެވެ. އެ ފޮޓޯތަކުން “ރޫމީ އާ ޖަންނަތުު”ގެ ކައިވެނީގެ ބައެއް މަންޒަރުތައް ފެނިގެން ދެއެވެ.

[responsive-slider id=35686]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top