ސްޓާރ ޕްލަސްއިން ދައްކަމުންދާ މަޤުބޫލު ޑްރާމާ ސިލްސިލާ ”ގުމް ހެ ކިސީ ކޭ ޕިޔާރް މޭ“ ގައި ޕާކީގެ ރޯލު ކުޅޭ އައިޝްވާރިޔާ ޝަރްމާ ކޮވިޑަށް ފައްސިވެއްޖެއެވެ. ޕާކީގެ އިތުރުން ޑްރާމާގެ ކްރޫ މެންބަރެއް ފައްސިވެފައިވާއިރު މީގެ 2 ދުވަސް ކުރިން ޑްރާމާގެ ބަތަލު ނީލް ބަޓްވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.
އައިޝްވާރިޔާއާއި ކްރޫ މެންބަރުވެސް ތިބީ ކަރަންޓީނުގައި ކަމަށާއި އެމީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން ދާކަމަށް ޑްރާމާގެ ޕްރޮޑިއުސަރ ރާޖޭޝް ރާމް ސިންގ ބުނެފައިވެއެވެ. އަދި ކަމާއިބެހޭ ފަރާތްތަކުން އަންގާ ގޮތަށް ޑްރާމާގެ ސެޓުތައް ސެނިޓައިޒްކޮށް ބަލަހައްޓަމުންދާ ކަމަށާއި މުޅި ޓީމުގެ ރައްކާތެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޑްރާމާގެ ޝޫޓިންގ މެދުކަނޑާލާފައި އޮތުމަށްފަހު ހޯމަ ދުވަހުން ފެށިގެން އަނެއްކާވެސް ޝޫޓިންގ ފަށާނެ ކަމަށް ޕްރޮޑިއުސަރ ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




