❂ “ދަ ބިގް ބުލް” ޓްރެއިލާ : މި ފިލްމުގައި އަބީޝޭކް ކިޔައިދޭނީ އިންޑިޔާގެ ފުރަތަމަ ބިލިޔަނަރަށް ވުމަށްޓަކައި އެންމެ ތަންފުކެއް ދޫނުކޮށް ވިޔަފާރިވެރިޔާ ހަރްޝަދު މެހެރާ ކުރާ މަސައްކަތް.
❂ ފިލްމު “ދަ ބިގް ބުލް” ރިލީޒްކުރާނީ ދިވެހި ފިލްމު “މަރްޔަމް” ރިލީޒްކުރާ ތާރީޚް ކަމަށްވާ 08 އޭޕްރީލްގައި
އަބީޝޭކް ބައްޗަން ލީޑު ރޯލުން ފެނިގެންދާ ފިލްމު “ދަ ބިގް ބުލް”ގެ ރަސްމީ ޓްރެއިލާ އާއްމުކޮށްފައިވާއިރު އެ ފިލްމުގައި އަބީޝޭކް ފެނިގެންދާނީ އިންޑިޔާގެ ވިޔަފާރިވެރިޔ ހަރްޝަދް މެހެރާގެ ރޯލުންނެވެ.
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ ބަތަލާ އިލިއާނާ ޑި ކްރޫޒްއެވެ. އިލިއާނާ ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ. ފިލްމު ޑައިރެކްޓްކުރަނީ ކޫކީ ގުލާޓީ އެވެ.
ފައިނޭންޝަލް ކްރައިމް ޑްރާމާ “ދަ ބިގް ބުލް” ގައި ދައްކާނީ ނަވާރަސަތޭކަ އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކާއި ނުވައިދިހައިގެ ކުރީކޮޅު ދިމާވި ކަންތައްތަކެކެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާގައި މި ފިލްމު ރިލީޒްކުރާާނީ އޭޕްރީލް 08 ގައެވެ. މިއީ ދިވެހި ސިޔާސީ ފިލްމު “މަރްޔަމް” މީޑިއާނެޓް މެދުވެރިކޮށް ރިލީޒްކުރާ ތާރީޚްކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި