ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިރޭ ބައިސްކޯފަށް “ފަރީ” އަންނަނީ!

މިވަގުތު ރާއްޖޭގެ ފިލްމީ އުދަރެހުގައި އެންމެ އަލިގަދަ އަންހެން ތަރި ނުޒުހަތު ޝުއައިބް (ނުޒޫ)ގެ ވަރަށް ތަފާތު އެކްޓިންއެއް ފެނިގެންދާނެ ފިލްމު “ފަރީ” މިރޭ 09:00ގައި ބައިސްކޯފުން ރިލީޒްކުރާނެއެވެ.

’މަދޮށިޕް‘ އާއި ޑައިރެކްޓަރު އަންދުގެ ފިލްމު ކުންފުނި ’ކުންނާރު ޕްރޮޑަކްޝަން‘ އާއި ސްކްރީން ރައިޓަރ އަހުމަދު ޒަރީރުގެ ’އެއް ކާފު ޕްރޮޑަކްޝަންސް‘ ގުޅިގެން ގެނެސްދޭ އާއިލީ ޑްރާމާ ސްޓައިލްގެ ފިލްމު “ފަރީ” ގައި ފަރީގެ ރޯލުން ނުޒޫ ފެނިގެންދާއިރު، ފަރީގެ ބައިވެރިއެއްގެ ރޯލުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤް އެވެ. އިތުރު ތަރިންގެ ތެރޭގައި އަޙްމަދު އީސަ (އާނަންދު) އާއި ފައުޒިއްޔާ ހަސަން ފެނިގެންދާނެއެވެ. މީގެ އިތުރުން މުހައްމަދު ޔުނާން އާއި ތަސްނީމާ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

އެކަނިވެރި މައެއްގެ ވާހަކަ ކިޔައިދޭ ފިލްމުު “ފަރީ”ގެ ސްކްރިޕްޓް ލިޔެ ޑައިރެކްޓް ކުރީ އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ހިޝާން ސައީދު (އަންދު) އެވެ.

މި ފިލްމުގައި ނުޒޫ ކުޅެފައިވާ ރޯލާމެދު އޭނާ ބުނީ މި ފިލްމުގައި އޭނާގެ އެކްޓިން އެހެން ފިލްމުތަކާ ތަފާތުވާނެ ކަމަށާ އެގޮތުން ބަސްމަދުވެފަ، އޭނާގެ އެކްސްޕްރެޝަންތައް ފެނިގެންދާނީ މޫނުން ކަމަށެވެ. އެގޮތުން އޭނާ ކުޅެނީ ޑިޕްރެސް ވެފައި ހުންނަ މީހެއްގެ ރޯލެވެ.

ވަރުގަދަ ރޯލުތަކަކުން މިހާތަނަށް ފެނިފައިވާ ނުޒޫ، މިފަދަ ސައިލެންޓް ރޯލެއް ކުޅެން އެއްބަސްވީ ކީއްވެގެންތޯ ޓީވީއެމްގެ ފިލްމީ އުދަރެސް އިން އަހައިލުމުން އޭނާ ބުނީ މިއީ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުން އަރައިގަންްނަން އޭނާއަށްވެސް ފަސޭހަވާނެ ފަދަ ކަންތަައްތަކެއް ދައްކައިދޭ ފިލްމެއް ކަމަށް ވާތީ ކަމަށެވެ.

މި ފިލްމުގެ ފިރިހެން ލީޑުން ފެނިގެންްދަނީ އިތުރު ތަޢާރަފަކަށް ބޭނުންނުވާ ހުނަރުވެރި ރަވީ އެވެ. ރަވީގެ އެކްޓިންއާ މެދު ވަރަށް ބޮޑަށް ތަޢުރީފުކުރަމުން ނުޒޫ ބުނީ ރަވީއާ އެކުގައި މަސައްކަތްކޮށްލަން ވަރަށް ފަސޭހަ ކަމަށެވެ. މިއީ ނުޒޫ އާއި ރަވީ އަލަށް އެއް ފިލްމަކުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/baiskoafu/videos/5383301665043917″ poster=”http://www.muniavas.com/wp-content/uploads/2021/03/Landscape_Edit-scaled.jpg”]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top