ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުނިއަވަސް މަދަހަަ މުބާާރާތުގެ ފިނާލޭ ޝޯވ މިމަހު 18 ގަައި!

މި އަހަަރު ރަމަޟާން މަހު މުނިއަވަސް އިން ބޭއްވި މުނިއަވަސް މަދަހަ މުބާރާތް ސީޒަން 2ގެ ފައިނަލް އެޕިސޯޑް މެއި 18 ވަނަ ދުވަހުގެ ރޭ މުނިއަވަސް ފޭސްބްކް ޕޭޖް މެދުވެރިކޮށް ގެނެސްދޭނެއެވެ.

މަދަހަ މުބާރާތް ސީޒަން 2ގެ ފައިނަލް އެޕިސޯޑާއި އެކު ބައްދަލުކުރާނީ ޢީސާ އޮންލައިން ޕޮއެޓްރީގެ ފަރާތުން ޢީސާ ޝަރީފުގެ އެއްމާބަނޑު ދެބެއިން ކަމަށްވާ ނައުރީން އާއި ނައުޝީން އެވެ. މި ޝޯވގައި މުބާރާތުގެ ނަތީޖާތަކާއި ކޮންމެ އުމުރުފުރާ އަކުން އެންމެ މޮޅު 6 ކުދިންގެ ވީޑިއޯ ގެނެސްދޭނެއެވެ. މީގެ އިތުރުން ވަނަވަނަ އަށް ހޮވުނު ފަތާތްތަކުގެ މަދަހަަ އާއި ނަތީޖާ ފާޅުކުރުމަށް ޒޫމް މެދުވެރިކޮށް ބޭއްވި އިވެންޓްގެ ބައެއް އުސްއަލިތައް ވެސް ހިމެނޭނެއެވެ.

މުބާރާތުގައި ވަނަތައް ހާސިލްކުރި ދަރިވަަރުންގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅަށް ހުށައެޅި 06 މަދަހަ ކިޔުންތެރިންނަށް، މި މުބާރާތުގެ ކޯސްޕޮންްސަރ އިއްޔަ ރެކޯޑްސްގެ ފަރާތުން ހުށައަޅާ ވަރަށް ރަނގަޅު ފުރުޞަތެއްވެސް ލިބިގެންދާނެއެވެ. އެގޮތުން އިއްޔަ ރެކޯޑްސް އިން މަސައްކަތް ފަށާފައިވާ މަދަހަ އަލްބަމެއްގައި މަދަހަ ކިޔުމުގެ ފުރުޞަތު ދިނުމަށް އިއްޔަ ރެކޯޑްސް އިން ވަނީ ހުށައަޅާފައެވެ.

މަދަހަ މުބާރާތް ސީޒަން 2ގެ ފައިނަލް އެޕިސޯޑް ފެނިގެންދާނީ ވަރަށް ފުރިހަމަ ޝޯވއެއްގެ ގޮތުގައެވެ. އެކަމަށްޓަކައި މި މުބާރާާތުގެ މެއިން ސްޕޮންސަރ އަދި ޓެކްނޮލޮޖީ ޕާޓްނަރ ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މުނިއަވަސް އާއި ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ން ގެނެސްދޭ ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތަށް ވެސް މިހާރު އަންނަނީ ތައްޔާރީތައް ވަމުންކަން ފާހަގަކޮށްލެވެއެވެ. މުނިއަވަސް އާއިި އީއޯޕީގެ އުއްމީދަކީ މުބާރާތަކަށް ފަހު މުބާރާތެއް ގެނެސްދީ އެކިއެކި ފަންނުތަކުން ކުރިއަރަން ބޭނުންވެފައިވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހުޅުވައިލައި އެ ފުރުޞަތު ދިނުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top