މުނިއަވަސް މަދަހަ މުބާރާތް ސީޒަން 2ގެ ފައިނަލް އެޕިސޯޑް ރިލީޒްކޮށްފިއެވެ. މި އެޕިސޯޑް ފުރަތަމަ ރިލީޒްކޮށްފައިވަނީ މުނިއަވަސް ޔޫޓިއުބް ޗެނަލްގައާއި މުނިއަޗަސް ފޭސްބްކް ޗެނަލްގައެވެ.
މުބާރާތުގައި ވަނަތައް ހާސިލްކުރި ދަރިވަަރުންގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅަށް ހުށައެޅި 06 މަދަހަ ކިޔުންތެރިންނަށް، މި މުބާރާތުގެ ކޯސްޕޮންްސަރ އިއްޔަ ރެކޯޑްސްގެ ފަރާތުން ހުށައަޅާ ވަރަށް ރަނގަޅު ފުރުޞަތެއްވެސް ލިބިގެންދާނެއެވެ. އެގޮތުން އިއްޔަ ރެކޯޑްސް އިން މަސައްކަތް ފަށާފައިވާ މަދަހަ އަލްބަމެއްގައި މަދަހަ ކިޔުމުގެ ފުރުޞަތު ދިނުމަށް އިއްޔަ ރެކޯޑްސް އިން ވަނީ ހުށައަޅާފައެވެ.
https://www.youtube.com/watch?v=_8KUkM-jg70
މުނިއަވަސް އާއި ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ން ގެނެސްދޭ ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތަށް ވެސް މިހާރު އަންނަނީ ތައްޔާރީތައް ވަމުންކަން ފާހަގަކޮށްލެވެއެވެ. މުނިއަވަސް އާއިި އީއޯޕީގެ އުއްމީދަކީ މުބާރާތަކަށް ފަހު މުބާރާތެއް ގެނެސްދީ އެކިއެކި ފަންނުތަކުން ކުރިއަރަން ބޭނުންވެފައިވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހުޅުވައިލައި އެ ފުރުޞަތު ދިނުމެވެ.
[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/187242353263369″ poster=”http://www.muniavas.com/wp-content/uploads/2021/05/MMM-Finale-Show.jpg”]
