އަޙްމަދު އަޒްހީލް (އަޒްހީލް ފިޔޯރީ)ގެ މަދަހަތައް ލަވަފޮށްޓަށް ލައިފިއެވެ. ލަވަަފޮށި އެޕްލިކޭޝަނަށް އަޒްހީލްގެ މަދަހަތައް ލާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އަޒްހީލް އަކީ އިހުގެ މަދަހަަތަކަށް އައު ދިރުމެއް ގެނެސްދީ، އިހުގެ މަދަހަތަކުގެ އަސްލު ގެއްލުވައިނުލާ ވަރަށް ރީތިކޮށް މަދަހަ ގެނެސްދެމުން އަންނަ ޒުވާނެކެވެ.
އަޒްހީލް ކިޔާފައިވާ މަދަހަތަކުގެ ތެރެއިން އިހުގެ މަދަހަތަކުން 16 މަދަހަ މިއަދާއި ހަމައަށް ލާފައިވެއެވެ. މީގެ އިތުރުން ސީރަތުގެ މަދަހަތައް ވެސް ލާން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. މުނިއަވަސް އަށް އަޒްހީލް ބުނެފައިވާގޮތުން މިހާތަނަށް އޭނާގެ 100 އަށް ވުރެން ގިނަ މަދަހަ ރެކޯޑްކުރެވިފައި ވާނެއެވެ.
އަޒްހީލްގެ ހުރިހައި މަދަހަތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލަވަފޮށިން އަޑުއަހައިލެވެން ހުންނާނެކަމަށް މަޢުލޫމާތު ލިބެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!